ވިޔަފާރި

އައްޑޫ ފްލައިޓަށް އެސްޓީއޯގެ ސަޕްރައިޒް އީދު ހަދިޔާ!

އަހަރެންގެ މަންޒިލަކީ އައްޑޫ ސިޓީ އެވެ. މޯލްޑިވިއަން ފްލައިޓަށް އަރައި ހަމަޖެހި ނުލެވި އުޅެނިކޮށް ގައުމީ އެއާލައިންގެ ކެބިން ކްރޫއެއް ގެނެސް ދިއްކޮށްލީ ކާޑެކެވެ. ހިތަށް އެރީ ވާން މިއުޅެނީ ކޮން ކަމެއްބާ އެވެ؟ އެ ކާޑުގައި އޮތީ މިހެންނެވެ.

"މަންޒިލަށް ދެވޭއިރު އެތަނުގައި އީދު ހަދިޔާ އޮތްނަމަ..." ކޮން ހަދިޔާއެއް ހެއްޔެވެ؟ ހަދިޔާއެކޭ ބުނީމަ އަހަރެންގެ ހިތަށް ވަނީ ޗޮކްލެޓާއި މެޓަ އެވެ. އާންމުކޮށް ވަނީ އެހެނެވެ.

އެކަމަކުވެސް އ ބުނާ ހަދިޔާ އަކަށް ކޮންމެ ވެސް ވަރަކަށް ހިތް ކިޔައި، އިންތިޒާރު ވެސް ކުރެވިއްޖެ އެވެ. ފްލައިޓު ޖެއްސުމާއެކު އަވަހަށް ގޮސް ބެލްޓު ކައިރީ މަޑުކޮށްލައިފީމެވެ. އެންމެ ކުރީގަ އެވެ. މިހެން ހުއްޓައި ބެލްޓުން ލަގެޖުގެ ކުރީގައި އެއޮށް ހަދިޔާ އަންނަން ފެށީ އެވެ. މިއީ އެސްޓީއޯ އިން މި އަހަރު އީދު ފާހަގަ ކުރުމަށް ދިން ސަޕްރައިޒް އީދު ހަދިޔާތަކެވެ.

ގައުމީ އެއާލައިންއާ ގުޅިންގެން އެސްޓީއޯ އިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އީދު ހަދިޔާ ދޭނެ މަންޒިލެއް ހޮވީ ގުރުއަތު ނައިގެން ކަމަށްވެ އެވެ. ގުރުއަތުން ދިމާވީ އަހަރެން ދަތުރުކުރި އައްޑޫ އެވެ. ދެން އޮތް ސުވާލަކީ މީގައި ހުރީ ކޮން އެއްޗެއް ބާ އެވެ؟ ހަމަ ގައިމު ވެސް މި ފްލައިޓުން ދިޔަ 45 މީހުނަށް މި ހަދިޔާ ލިބޭނެ އެވެ. އެކަން ޔަގީންވީ ފޭބި މީހުން ހެވި ދިލިފައި ތިބީމަ އެވެ.

ގެއަށް އޮތް ހަދިޔާ ފޮށިތަށް ކަނޑައި ބަލައިލީމެވެ. އަހަރެންނަށް ދިމާވީ މިނީ ފްރިޖެކެވެ. އަދި އަހަރެންގެ އައްޑޫ ލޯބިވެރިޔާ އަށް ދިމާވީ ފިލިޕްސް ބްލެންޑާ އެކެވެ. އެ މަންޖެ މި ހަދިޔާ ލިބި އުފަލުން ފޮޅިފައި ހުއްޓެވެ. އަދި ކޮއްކޮގެ އަންހެނުންނަށް ލިބުނީ އަވަނަކެވެ. އެހެންވެ މި ފްލައިޓުން ދިޔަ އެހެން ރައްޓެއްސަކަށް ފަހުން ގުޅައިލީމެވެ. އޭނާ އަށް ލިބުނީ މަކިޓާ ބުރުމާ އެކެވެ. އަދި އޭނާގެ ދަރިފުޅަށް ލިބުނީ އެސްޓީއޯ ސުޕަމާޓުގެ ހަދިޔާ ފެކެވެ.

ކޮންމެއަކަސް އެސްޓީއޯއިން މި އަހަރު މިކުރީ މޮޅު ކަމެކެވެ. އީދަށް މިދިން މުހިންމު ހަދިޔާތަކާއެކު ފްލައިޓުން ދަތުރު ކުރި އެންމެން އުފާކޮށްދީފި އެވެ.