ހަބަރު

ބިދޭސީންތަކެއް ކާނާ ވިހަވެ އެކަކު މަރުވެއްޖެ

ކ. ހިންމަފުށީގައި މަސްކަތްކުރި ބިދޭސީންތަކެއް ކާނާ ވިހަވެ އޭގެ ތެރެއިން އެކަކު މިރޭ މަރުވެއްޖެ އެވެ.

ސިއްހީ މަރުކަޒުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ، ކާނާ ވިހަވެގެން ބޭރަށް ހިންގާތީ މިއަދު ހެނދުނު ފަރުވާ ދިނީ އެރަށުގައި ހުންނަ މަސްފެކްޓްރީގައި މަސައްކަތް ކުރާ ބަންގްލަދޭޝް ބަޔަކަށް ކަމަށެވެ. އަދި އެ މީހުން ފަރުވާ ދިނުމަށް ފަހު ހާލު ރަނގަޅުވުމުން ދޫކޮށްލި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދު އިރުއޮއްސެން އުޅެނިކޮށް އެކެއްގެ ހާލު ސީރިއަސްވެ އަލުން އެޑްމިޓް ކުރި ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އެޑްމިޓްކޮށް ފަރުވާދެނިކޮށް ފިޓްޖެހި ހާލަތު ގޯސްވެގެން އެ މީހާ މަރުވީ ކަމަށް ވެސް ބުންޏެވެ.