ލައިފްސްޓައިލް

މިހާރުގެ ސުޕަހީރޯ އަކީ "ފަލާހު"!

"އަހާބަލަ ފަލާހު ކައިރީ، އޭނާއަށް ގޮވާބަލަ!" ކޮންމެ ކަމެއް ވިޔަސް މީހުން މި ބުނަނީ ފަލާހަށް ގޮވާށެވެ. އެންމެން ވެސް މިހާރު ބުނަނީ އޭނާ އެކަން ހައްލުކޮށްދޭނެ ކަމަށެވެ. އެންމެންނަށް "ހައްލަކީ" މިހާރު އުމަރު ނަސީރެއް ނޫނެވެ. ފަލާހެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މިއީ މިހާރު އެންމެންގެ ސުޕަހީރޯ އެވެ.

ފަލާހު ސުޕަހީރޯއަކަށް ބަދަލުވެފައި މި އޮތީ ސޯޝަލް މީޑިއާއަށް ދޫވި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ސްކްރީންޝޮޓްތަކުންނެވެ. މިދިޔަ ބުދަ ދުވަހު އާންމުވި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޗެޓްލޮގް އިން ފެންނަ ގޮތުގައި މެންބަރުންނާ މެދު ހިތްޕުޅު ހަމަނުޖެހިގެން ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް ފެންނަނީ، "ޕްލީޒް ރިމޫވް މީ ފަލާހު" އެވެ. ރައީސް ޔާމީން ފަލާހު ކައިރިން އެދިވަޑައިގަތީ، ޕީޕީއެމްގެ ވައިބާ "ޕޭޖް"، ހަގީގަތުގައި ގުރޫޕުން ބޭރުކޮށް ދިނުމަށެވެ. --

ބުދަ ދުވަހު ހަވީރު ރައީސް ޔާމީން މިހެން ވިދާޅުވި ފަހުން ސޯޝަލް މީޑިއާގެ "ސުޕަހީރޯ"އަކީ ފަލާހެވެ. މިފަހުން މީހަކު ޓްވިޓާގައި އެހާ މަޝްހޫރު ނުވާވަރަށް ފަލާހު މަޝްހޫރުވެއްޖެ އެވެ. އޭގެފަހުން އަދިވެސް އެކަމަކުން ޓްވިޓާއަށް އަރައިނުގަނެވެ އެވެ. ފަލާހަށް ގޮވުމާއި، އެހީތެރިވުމަށް އެދޭ މީހުންގެ އަދަދު ދަނީ ފަތު އަޑު ކިޔާފައި އިތުރުވަމުންނެވެ.

ގޭގައި ކޮޓަރީގައި ތާށިވެ ނުނިކުމެވުނަސް އެހީއަށް ގޮވާލެވޭ "ސުޕަހީރޯ" އަކީ ފަލާހެވެ. ނުބައި ވަގުތެއްގައި ނުބައި ތަނަކަށް ދެވިއްޖެނަމަ އެތަނުން ނެރެދިނުމަށް ވެސް ގޮވެނީ ފަލާހަށެވެ.

"ކޮންމެ މީހަކު ވެސް އެމީހެއްގެ ހަޔާތުގައި ފަލާހެއް ބޭނުންވޭ،" ފަލާހަކީ "ހީރޯއެއް"ކަން ހާމަކުރަން މީހަކު ބުންޏެވެ. މި ސުޕަހީރޯގެ ހާއްސަކަމަކީ އެއްބަޔަކު ބުނާ ގޮތުގައި ފްލްޓައިމް "ރިމޫވާ އޮފް ތިންގްސް" އެވެ. ހުރިހާ ކަމަކުން މިންޖުކޮށްދޭނެ މި ސުޕަހީރޯ އަކީމި އެވެ.

ސިޔާސީ ގޮތުން ވެސް ހަގީގަތުގައި ފަލާހު ވެފައި މިއޮތީ ސުޕަހީރޯއަކަށެވެ. ކީއްވެ ހެއްޔެވެ؟ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެންބަރުންގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ އެންމެ އަރިސް އަދި އެންމެ އިތުބާރު ކުރައްވާ އެމްޕީއަކީ މިހާރު ފަލާހު ކަމަށްވެ އެވެ. މީގެ ކުރިން މާ އަޑުގަދަ ނަމެއްގެ ގޮތުގައި އެ ނަން ނުވި ނަމަވެސް ފަލާހުގެ ނުފޫޒު މި އަންނަނީ ސިޔާސީ ގޮތުން ވެސް އިހުނަށް ވުރެ އިތުރުވެގެން އެވެ.