ހަބަރު

ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލައެއް ބަލަނީ

Jul 10, 2017
6

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް ކުއްލި ގޮތަކަށް ދުސްތޫރީ މައްސަލައެއްގައި ސުޕްރީމް ކޯޓުން މިއަދު ޝަރީއަތުގެ މަޖިލީހެއް ބާއްވަން ނިންމައިފި އެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތްޕުޅުންނެވެ. ދުސްތޫރީ މި މައްސަލައިގެ އަޑު އެހުން އޮންނަނީ މިއަދު 1:00 ޖަހާއިރު އެވެ.

ނަމަވެސް މި މައްސަލައިގެ މައުލޫމާތުތައް އަދި ސާފެއް ނުވެއެވެ.

ނަމަވެސް އަޑުތައް ފެތުރިފައިވާ ގޮތުގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީގެ ވިޕް ލައިނާ ހިލާފުވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ އުސޫލީ ދުސްތޫރީ މައްސަލަ އެކެވެ.

މި މައްސަލަ މިއަދު ބަލާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ޝަރީއަތް މިއަދު ބާއްވާއިރު މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ މިދުވަސްކޮޅު ޕާޓީ ބަދަލު ކުރައްވަމުންނެވެ.