ހަބަރު

މިއީ ތިހީކުރާ ކަހަލަ ގޮތަކަށްވީ ކަމެއް ނޫން!

ފޭރެން އުޅުނު އަންހެން މީޙާ ހިފާއްޓަން އުޅެނިކޮށް ނަގާ ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ފޮޓޯ. --
100%
0%
0%

މި ދެތިން ދުވަހު ސޯޝަލް މީޑިއާގައި ވެސް އެންމެ ހޫނީ ސިޔާސީ މަސްރަހުގެ ވާހަކަތަކާއި ފާޑުކިއުމެވެ. އިތުރު ކަމަކަށް ސަމާލުކަން ދޭނެ ބަޔަކު ހަމަ އެއްގޮތަކަށް ވެސް ނެތެވެ. ނަމަވެސް މިއަދު ހެނދުނު އިރު އަރައިގެން އައި އިރު ސޯޝަލް މީޑީއާގައި އެންމެ ހޫނުވެގެން އުޅުނީ މާލޭގެ މަގުމަތީގައި އަންހެނެއްގެ ހެދުން ފިިރިހެނަކު "ބާލުވައި" އޭނާ އޮބައިގަންގެން އުޅޭ މަންޒަރު ފެންނަ ގާތް ގަނޑަކަށް ބަރަހަނާ ފޮޓޯ ތަކެކެވެ. އެ ފޮޓޯތައް ސޯޝަލް މީޑީއާގެ ތެރެއަށް ދޫކޮށްލުމާއެކު އެ އަންހެން މީހާގެ ދިފާއުގައި އެންމެހެން ނުކުތެވެ. އެ ފިިރިހެން މީހާ ވަރުގެ ނުބައި ނުލަފާ މީހަކު ވެސް ނެތެވެ. އޭނާ އާ ދިމާލަށް "ހެއްދެވި ނެހެއްދެވި" އަށް ގޮވާ ހީވީ އެހެން ފަދަ ކަމެއް ލައިގަތްހެނެވެ.

އެއްވެސް މީހަކު އޭގެ ހަގީގަތް ބަލާކަށް ބޭނުމެއް ނުވި އެވެ. ހޯދަން މަސައްކަތެއް ވެސް ނުކުރެ އެވެ. އަންހެނުންގެ ހައްގުތަކުގައި ހިފައިގެން ތެޅިފޮޅިގަތީ އެވެ. ބައެއް މީހުން ވަނީ އެ ފިރިހެން މީހާ ގަދަކަމުން އަންހެން މީހާއާ ބެހެން އުޅުނު ކަމުގެ ތުހުމަތުކޮށް އެތައް ވާހަކައެއް ފަތުރާލާފަ އެވެ. އަދި ބައެއް މީހުން އަނިޔާ ކުރަން އުޅުނު ކަމުގެ ތުުހުމަތު ވެސް ކުރި އެވެ.

އެކަމަކު ކަންވީ މުޅީން ތިޔަ ހީކުރި ގޮތަކަށް ނޫނެވެ. އެ އަންހެން މީހަކީ އެ ފިރިހެން މީހާއަށް ބިރު ދައްކައި ފޭރެން އުޅުނު މީހެކެވެ. ފުލުހުން މިހާރު ވަނީ އެ އަންހެން މީހާ ހައްޔަރުކޮށްފަ އެވެ. އަދިވެސް ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ފިރިހެން މީހާގެ އަތުން ފޭރެން އުޅުމުން ފިރިހެން މީހާ އެ އަންހެން މީހާގެ ހެދުމުގައި ހިފި ވަގުތު ހެދުން ވީދައިގެން ދިއުމާއެކު މަގު މައްޗަށް ހެދުން ދޫކޮށްލާފައި ފިލީ ކަމަށެވެ. ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު އެވެ.

ފޭރުމުގެ މައްސަލަތަކެއްގައި މިދިޔަ ރޯދަމަހު ވެސް މާލެއިން ވަނީ އަންހެނަކު ހައްޔަރުކޮށްފަ އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަސްލުވީގޮތަކީ

އަންހެނުންނަށް ކުރާ ގޯނާއާ ބެހޭގޮތުން ހޭލުންތެރިކުރުވަށްޓަކައި ބިޑްކާމިޔާބުކުރި ފަރާތުން ތައްޔާރުކުރަމުން ދިޔަ ޑޮކިއުމެންޓްރީއެއްގެ ޝޫޓިން ނަގަމުން ދިޔަވަތު އެތާ ކައިރި އިމާރާތެއްގެ މަތީބުރިއެއްގައި ހުރި މީހަކު ނެގި ފޮޓޯތަކެއްތީ. އެމީހަކު ސޯޝަލް މީޑިޔާއަށް ތި ފޮޓޯ ލީމާ ވައިރަލްވީ.

އިންސާނާ

ޢޭ ދިވެހިންގެ އާދަ ކަންފަތުގަ އަޑެއްޖެހޭއިރައް ކަމުގެ ހަގީގަތް ނުބަލާ ވާހަކަ ދެއްކުމަކީ ގަދަވަޔާ އެކު ފުރާޅު އެއްލާ ލީމާވެސް އިންސާނީ ހައްގު އެހެން ކަންތައް ކުރާތީ މިބުނެވެނީ ދިވެހިންގެ އުސޫލަކީ ރާމާ މަކުނުގެ އުސޫލޭ (މަވެސް ދިވެއްސަކައް ވީތީ މަވަކި އިސްތިސްނާއެއް ނުވަން)

ނޫންތަ

ބުރާގަ ވެސް ހިފި ނަމަ. އެ ދޫކޮށްފަ ވެސް ގޮސްދާނެ އެންނު

މުނާއަމީނާ

ނޫނޭ! އަހަރެން މިބުނީނު! މަމީ ރީނދޫ މީހެކޭ، މަށަށް އެކަންޏޭ ތެދު އެނގޭނީ. އެއަންހެންމީހާ އެއީ ނުލާހިކު ރަނގަޅު މީހެއް. ބައެއްފަހަރު ކުޑަކޮށް ޖޫސްކޮޅެއް ބޯލިޔަސް. ސިނގިރެޓެއް ޖަހާލިޔަސް. ލާރިދޭށޭ ބުނީމާ ނުދިނީމާ އޭނާ ރުޅިއައިސްގެން ކަޓަރު ނެގީ އަމިއްލަ ގައިގަ އަޅާށޭ. އެހެން މީހަކަށް ގޮތެއް ހަދާކަށް ނޫނޭ. ދެން ކިއްކުރަން އޭނާ ހެދުން ބޭލުވީ! އަންހެން ރީނދޫ ރައިޓްސް ހޮޕް ހޮޕް!

ނުހޮރުއްޕާން

ކަލޭމެން ބަލާތި ކޮންމެ ކަމެއްވެސް ސިޔާސީ ކޮއްލެވޭތޯ. ވަރަށް ސަލާމް

މޮހޮދު

ލިޓްލް ސިންގަޕޯރ....ލާރިގިނަވެގެން ކެތްނުވެގެން އަންހެނުން މަގުމައްޗަށްނުކުމެ އޮރިޔާންހާލުގަވެސް ލާރިހޯދުމުގަ.....ސާބަހޭ. މިހަފްތާގަ ސިންގަޕޯރގެ ރައްޔިތުންނަށް ވުމުގެ އުފާވެރިޚަބަރު އެބައޮތް

އައްޓަމަސް

ށިނާނުމެންކަހަލަ މިހުން ސޯޝަލްމީޑިޔާގައިވެސް މުސްކުޅިކާފަގެ އަގުވެއްޓީ! އެއުމުރފުރައިގެ މީހުން ގަމީސްނުލާ އުޅޭގޭތެރޭގައި، އަދިމަގުމަތީގައިވެސް

އަލީ

މިއުޅޭ އަންހެނުން މިހާރު އުޅެނީ ވަރަށް ކުރީގައޭ

ށިނާނު

އެހެންވެދޯ ފިރިހެނމީހާވެސް ހުސްގަޔާ އެހެރީ. ފިރެހެންމީހާ އަންހެންމީހަ އަތުން ފޭރެން އުޅުމުން ގަމީހުގައި ހިފީމަ ގަމީސް ދޫކޮއްލާފަ ފިލަންސުވީ ދޯ....

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345