ހަބަރު

ހައިކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި

ހައިކޯޓަށް ފަނޑިޔާރުން ހޯދަން އަނެއްކާވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާނުކޮށްފި އެވެ. މި ފަހަރު ކުރި އިއުލާނުގައި އެ ކޯޓަށް ހަތަރު ފަނޑިޔާރުން ބޭނުންވާ ކަމަށް ބުނެފައި ވެއެވެ.

އަސާސީ މުސާރައިގެ ގޮތުގައި މަހަކު 36،000ރ. އާއި ލިވިންގް އެލަވަންސްގެ ގޮތު، 15،000ރ. ލިބޭ އެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ރަސްމީގެ ގަޑީގައި ޖޭއެސްސީއަށް ހުށަހަޅަން ޖެހެ އެވެ.

ފަނޑިޔާރުން ހޯދަން އިއުލާން ކުރި އިރު ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ވަނީ 11 އަށް އިތުރުކޮށްފަ އެވެ.