ބޭބެމެނަކީ ދާއިރާގެ ރޯލް މޮޑެލުންނެވެ. މަސައްކަތުގައި އެންމެ އެހީތެރިވީ ވެސް އެ މީހުންނެވެ. ދާއިރާގައި މަސައްކަތް ފެށީ އެންމެ ދަށުންނެވެ. މި ދާއިރާގައި ކުރި އަރަން ކުރީ ގަދަ ހިތްވަރެވެ. ނަތީޖާއަކީ ދާއިރާގެ މަގުބޫލު އަދި ގަދަރުވެރި މީހަކަށް ވުމެވެ. އެތައް ބައެއްގެ ލޯބި ލިބުމެވެ. މިއީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރިސޯޓުކަމަށްވާ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ ގައިސަރު ނަސީމް އެވެ.
"ކުޑައިރު ވެސް ވަރަށް އިންޓްރެސްޓް ހުރޭ [ޓޫރިޒަމް] ދާއިރާ އަށް. މި ދާއިރާގައި ބޭބެމެން މަސައްކަތް ކުރާތަން ވެސް ފެނޭ. އެހެންވެ ހަގީގަތުގައި ނުކުންނަން ބޭނުންވީ،" އުމުރުން އެންމެ 19 އަހަރުގައި ޓޫރިޒަމް ދާއިރާ އަށް ނުކުންނެވި ގައިސަރު ވިދާޅުވި އެވެ.
މާލެ، އަތޮޅުގައި ހިންގާ ޕެރަޑައިސް އައިލެންޑް ރިސޯޓު ހިންގުމުގައި އެންމެ އިސްވެރިއެއްގެ ގޮތުގައި މިހާރު ގައިސަރު ހުންނެވި ނަމަވެސް އެ މަގާމާ ހަމައަށް ވަޑައިގަތުމަށް އޭނާ ވަނީ ގިނަ އޮޅި ތަކެއް ގިރާ ކުރައްވާފަ އެވެ. މިހާރު، ވަރުގަދަ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް ސްކޫލް ދައުރުގައި އޭނާއަކީ ތަފާތު ދަރިވަރެކެވެ. އަދި ފުވައްމުލަކަށް އުފަން ގައިސަރު ތައުލީމީ ހަޔާތް ގްރޭޑްއަށަކާ ހަމަ އިން ނިންމާލަން ޖެހުނެވެ. ގްރޭޑް އަށަކުން ކަނޑާލުމާއެކު ގައިސަރު ނިންމެވީ ވަޒީފާގެ މައިދާނަށް ނުކުންނަވާށެވެ.
މި ހިސާބުން ގައިސަރު ފުރަތަމަ ގުޅި ވަޑައިގަތީ ތުނޑު ފުއްޓާއި އަތުރުގާ ރިސޯޓާ އެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ ރިސެޕްޝަންގަ އެވެ. އެއަށް ފަހު ވިލާ ކުންފުނިން ހިންގާ ރޯޔަލް އައިލެންޑް ރިސޯޓާ ގުޅިވަޑައިގަތެވެ. އެއީ 1998 ވަނަ އަހަރު އެވެ. އޭރު އެ ރިސޯޓު އަދި ނުހުޅުވަ އެވެ. ގައިސަރު ފުރަތަމަ އެ ރަށަށް ވަޑައިގެންނެވި އިރު އެއީ ފަޅު ރަށެކެވެ. އެ ތަނުގައި ފުރަތަމަ އުޅުއްވީ އެޑްމިނިސްޓްރޭޓަރަކަށެވެ. މަސައްކަތަކީ ކޮންސްޓްރަކްޝަން ކުންފުނިތައް ބެލެހެއްޓުމާއި މުވައްޒަފުންގެ މަސައްކަތްތައް ވިލަރެސް ކުރެއްވުމެވެ.
ނަމަވެސް، 2001 ވަނަ އަހަރު ރޯޔަލް އައިލެންޑް ހުޅުވުމާއެކު، ގައިސަރަށް އެ ރިސޯޓުގެ އެސިސްޓެންޓް މެނޭޖަރެއްގެ މަގާމު ލިބި ވަޑައިގަތެވެ. ގައިސަރު އެ މަގާމަށް ބަދަލުވެ ވަޑައިގެންނެވި އިރު ރިސޯޓު ހިންގުމުގެ އެންމެ އިސްވެރިއަކަށް ހުންނެވީ ގައިސަރުގެ ބޭބެ، ފައިސަލް ނަސީމެވެ. ނަމަވެސް، ބޭބެ، ފައިސަލް، ރައްޔިތުން މަޖިލީހަށް ހޮވިވަޑައިގަތުމާއެކު އެ ރިސޯޓު ބެލެހެއްޓުމުގެ މަސްހޫލިއްޔަތު ގައިސަރާ މުޅީން ހަވާލުވި އެވެ.
"ފުރަތަމަ ވަޒީފާ އަށް ގޮސް، ރިސެޕްޝަނިސްޓަކަށް އުޅުނަސް އެކަށްޗެއް ވެސް ނޭނގޭ. ވެރިންނަށް ތިއްބެވި ބޭފުޅުން ވިދާޅުވި ކަމެއް ކޮށްލައިގެން އުޅުނީ. އަޅުގަނޑަކީ އިންޑަސްޓްރީގަ އޭރު ދުވަހަކު އުޅުނު މީހެއް ނޫން. މި ދާއިރާ އިން އޭރު ކިޔަވައިގެން ހުރި މީހެއް ވެސް ނޫން. އޭރު ދުވަހަކު ވެސް ރިސޯޓަކަށް ނުވެސްދަން. އެހެންވެ ގެސްޓުން އެރައިވަލް/ ޑިޕާޗާގައި އުޅުނީ. އެކަމަކު އެ ތަނުން ކޮންމެ ވެސް ވަރަކަށް ޓޫރިޒަމް އިންޑަސްޓްރީގެ ކަންކަން އެނގުނީ." އޭނާ ވިދާޅުވި އެވެ.
މަތީ ތައުލީމް ހާސިލް ކުރެއްވި
"މި ހިސާބުން އަޅުގަނޑު ހިތަށް އެރީ އިތުރަށް ކިޔަވަން އެބަ ޖެހެއޭ. އަޅުގަނޑަކީ އޯލަވެލް ނުހަދާ ހުރި މީހެއް. އެހެންވެ އެނގޭ ޔުނިވާސިޓީއަކަށް ނުވަދެވޭނެކަން. އެހެންވެ ޔުނިވާސިޓީ އެންޓްރެންސް ނުލިބޭނެތީ އޮންލައިން ކޯހެއް ހަދައިލީ. ފުރަތަމަ ފުރިހަމަ ކުރީ ކޭމްބްރިޖް ޔުނިވާސިޓީން ގެނައީ ހޮޓެލް އޮޕަރޭޝަންސް އެންޑް މެނޭޖުމަންޓުން ޑިޕްލޮމާ ކޯހެއް."
މި ވަރުން ގައިސަރު ކިޔެވުން ހުއްޓާލީއެއް ނޫނެވެ. ދެން ގައިސަރު ބޭނުންފުޅުވީ ޓޫރިޒަމް ދާއިރާ އިން މައްޗަށް ކިޔަވާ ވިދާޅުވާށެވެ. ނަމަވެސް އެ ވަރަށް ފައިސާއެއް ނެތެވެ. އެހެންވެ ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމްގެ އަރިހުގައި ކިޔަވަން ބޭނުންވާ ކަމަށް ދެންނެވި އެވެ. އަދި ގާސިމްގެ އެހީތެރިކަމާއެކު، މެލޭޝިޔާގެ ޓެއިލާސް ޔުނިވާސިޓީ އިން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ފްރާންސުގައި ވެސް ކިޔާ ވިދާޅުވި އެވެ. އަދި އެ އަށްފަހު އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ޔުނިވާސިޓީއިން މާސްޓާސް ޑިގްރީ ހާސިލު ކުރެއްވި އެވެ.
ކިޔަވައި ވިދާޅުވުމަށް ފަހު ރާއްޖެ ވަޑައިގެން ގައިސަރު ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ރެސިޑެންސް މެނޭޖަރެއްގެ މަގާމު ފުރުއްވައި އޭގެ ފަހުން ރިސޯޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް ވަޑައިގެންނެވި އެވެ.
ގައިސަރުގެ ޖީއެމްކަމުގައި ޕެރެޑައިސް އައިލެންޑް ރިސޯޓު ވަނީ ރާއްޖޭގެ ޓޫރިޒަމްގެ އުސްމިންތަކެއް ހާސިލްކޮށްފަ އެވެ. ހާއްސަ އެއް ކަމަކީ މެހުމާނުން ނަށް ދޭ ހިދުމަތުގެ ފެންވަރު މަތިވެގެން ދިއުމެވެ. ނަތީޖާއަކީ "ސާވިސް ރިކޮގްނިޝަން" ގިނަ އެވޯޑު ތަކެއް ވެސް ލިބުމެވެ. ދެހާސް ދިހަ ވަނައަކުން ފެށިގެން ވޯލްޑް ޓްރެވަލް އެވޯޑާއި ވޯލްޑް ލަގްޒަރީ ޓްރެވަލް އެވޯޑު އަދި ބުކިން ޑޮޓްކޮމް އާއި އަގޯޑާ އިން ދޭ ގިނަ އެވޯޑު ތަކެއް ލިބިފައިވެ އެވެ.
އެކި ގައުމުތަކުގެ މީހުން ހެއްވާލާ
ޕެރަޑައިސް އައިލެންޑް ރިސޯޓަށް ދުނިޔޭގެ ފެންވަރުގެ އެވޯޑުތައް ލިބެމުންދާއިރު މިއީ "މިކްސް މާކެޓަކަށް" ހިދުމަތްދޭ ރިސޯޓެވެ. މި ރިސޯޓުގައި ހިދުމަތްތައް ބައްޓަން ކޮށްފައިވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ މީހުންނަށް ވެސް ހިދުމަތް ދެވޭ ފެންވަރަށެވެ. މިއީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް ގައިސަރުގެ ނިޔަމިކަމުގައި މިކަން ކުރަނީ ކާމިޔާބު ކަމާއެކުގަ އެވެ.
"ތިޔަ ބޭފުޅުން ނިކަން ބައްލަވާ ރާއްޖޭގައި މަދުވާނެ މި ކަހަލަ ރިސޯޓެއް. އެކި ގައުމުތަކުގެ މީހުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ދޭ ތަނެއް މިއީ. ރާއްޖޭގައި އާއްމުކޮށް މި ހުންނަނީ ޔޫރަޕު މީހުންނަށް ހަމައެކަނި ހިދުމަތްދޭ ތަންތަން. އެކަމަކު މި ތަނަށް އާދޭ މިކްސް އެއް. މިއީ ވަރަށް ޗެލެންޖިން ކަމެއް. މިކަމުގައި އުޅެނީ ދިވެހިން. މިއިން އެނގެނީ ދިވެހިންނަށް ވާނެކަން،" ގާތްގަނޑަކަށް 300 ކޮޓަރިން ހިދުމަތްދޭ ރިސޯޓު ހިންގުމުގެ އެންމެ އިސްކޮށް ހުންނެވި ގައިސަރު ވިދާޅުވި އެވެ.
މި ސަރަހައްދުގެ އެންމެ މޮޅު ޖީއެމް!
ގައިސަރަށް ވަނީ މި ސަރަހައްދުގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ އެވޯޑު ވެސް ލިބިވަޑައިގެންފަ އެވެ. އެގޮތުން ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑުސް އިން ދޭ "އިންޑިއަން އޯޝަން ބެސްޓް ޖެނެރަލް މެނޭޖަރު" ގެ މަގާމު ލިބިފައިވެ އެވެ. އަދި ދާދި ފަހުން މަޓާޓޯއިން ވެސް ހާއްސަ އެވޯޑު ދީފައިވެ އެވެ.
ގައިސަރު ގަބޫލު ކުރައްވާ ގޮތުގައި މި ދާއިރާގައި އެންމެ ބޮޑު ކާމިޔާބީއަކީ ވިލާ ފަދަ ދިވެހިންނަށް އިސްކަންދޭ ކުންފުންޏެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބުމެވެ.
"ކޮންމެ މީހަކަށް ވެސް ފުރުސަތު ތަކެއް ވެސް އެބައޮތް މި ދާއިރާގައި. ހުރިހާ ޕްރޮފެޝަން ތަކެއް އެބަ ހުރި. އެންމެ މައްޗަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތް. ހަގީގަތުގައި ވާގޮތަކީ ބައެއް ޒުވާނުން ބޭނުން ނުވަނީ ރިސޯޓަށް އަންނަން. ގިނަ ރިސޯޓުތަކުގައި ވަރަށް ރަނގަޅަށް ސްޓާފް ފެސިލިޓީ ވެސް މި ހުންނަނީ. އާއްމުކޮށް މާލޭގައި ވޯކް ކުރުމަށް ވުރެ ވޯކް އެންވަޔަރުމެންޓް ވެސް މާ ކޮންފަޓަބަލް ވާނެ ރިސޯޓުގަ. މާ ސޭފް ވެސް ވާނެ،" ގައިސަރު ވިދާޅުވި އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މުހިންމު ދުވަސް ތަކެއް ގައިސަރު ހޭދަ ކުރައްވައިފި އެވެ. މިގޮތުން އެންމެ ހާއްސަ އެއް ދުވަހަކީ ޗައިނާގެ ރައީސް ޝީ ވަޑައިގަތް ދުވަހެވެ. ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ ޗައިނާގެ ރައީސަށް ހިދުމަތް ކުރަން ފުރުސަތު ލިބި ވަަޑައިގެންނެވި ދުވަހެވެ.
"އަޅުގަނޑުމެންނަށް ލިބުނީ އެންމެ ފަސް ދުވަސް ހުރިހާ ކަމެއް ތައްޔާރު ވާން. އޭރު މި ރަށުގެ އޮކިއުޕެންސީ އޮތީ 80 ޕަސެންޓުގައި. ވަގުތުން އަޅުގަނޑުމެން ކޯލް ސެންޓަރެއް ހަދައި އޮޕަރޭޓަރުންނަށް ގުޅައި މުޅި ރަށް ހުސްކޮށްލީ. އެކަން ވަރަށް ފުރިހަމަ އަށް ނިންމާލެވުނު. ޗައިނާ ރައީސްގެ ވިޒިޓް ދިޔައީ ވަރަށް ރަނގަޅަށް. ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރުން ވެސް ވަރަށް ހިތްހަމަޖެހިފައި ތިބީ ހުރިހާ ކަމަކަށް. އެބޭފުޅުން ވިދާޅުވި އިތުރު ކަމެއް ނެތޭ އެ ބޭފުޅުން ހިތްހަމަ ޖައްސައިދޭކަން. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" ގައިސަރު ވިދާޅުވި އެވެ.
ޕެރަޑައިސްއަކީ ރާއްޖޭގެ އެންމެ ބިޒީ އެއް ރިސޯޓެވެ. ބިޒީތަނަކަށްވީ ހަމައެކަނި އަންނަ ޓޫރިސްޓުންގެ ގިނަ ކަމަކުން އެކަންޏެއްވެސް ނޫނެވެ. ރާއްޖޭގެ އެންމެ ގިނަ އިވެންޓުތައް ބާއްވަނީ ވެސް މި ރިސޯޓުގައެވެ. މި ހުރިހާ ކަމެއް ބެލެހެއްޓުމުގައި ގައިސަރުގެ ދައުރު ބޮޑެވެ.
ލޯބި ވެސް މި ދާއިރާއާ ގުޅިފަ
ޓޫރިޒަމް ދާއިރާއަށް ހުސްވެގެން މަސައްކަތް ކުރާ 38 އަހަރުގެ، ޖީއެމްގެ ޒަވާޖީ ހަޔާތް ގުޅިފައި އޮތީ ވެސް މި ދާއިރާއާ އެވެ. ގައިސަރުގެ އަނބިކަނބަލުންނާ ދިމާވީ ޕެރަޑައިސް އައިލެންޑް ރިސޯޓުންނެވެ. ކައިވެނި ބައްލައިގެން މިހާރު ގައިސަރަކީ ދެ ކުދިންގެ ބައްޕަ އެވެ. އަނބިކަނބަލުންނަކީ ރަޝިޔާ ބޭފުޅެކެވެ. ގައިސަރު އަނބިކަނބަލުންނާ ދިމާވީ ކިހިނެއް ހެއްޔެވެ؟
"ވައިފް އާ ދިމާވީ ޗުއްޓީއަށް އައިސްގެން އުޅެނިކޮށް. އަޅުގަނޑަކީ އާއްމުކޮށް ހުރިހާ މީހުންނާ ވެސް ވާހަކަ ދައްކާ ހަދާ މީހެއް. މިގޮތަށް ވާހަކަ ދައްކައިގެން ރައްޓެހިވެގެން ކައިވެނި ކުރީ."
"އެންމެ އުފާވަނީ މީހުން ބިނާ ކުރެވޭތީ"
ގައިސަރު މި ދާއިރާގައި ހޭދަކުރެއްވި ހުރިހާ ދުވަހަކީ ވެސް އެންމެ އުފާވި އަދި އެންމެ ހިތްހަމަ ޖެހޭ ދުވަސް ތަކެވެ. ނަމަވެސް އެންމެ އުފާވަނީ މި ދާއިރާ އިން މީހުން ބިނާ ކުރެވޭތީ ކަމަށް ގައިސަރު ވިދާޅުވި އެވެ.
"ހާއްސަކޮށް އަންހެން ކުދިންނަށް. ރިސޯޓު އަންހެން ކުދިންނަށް މާ ސޭފް ވެސް ވާނެ. ރިސޯޓުގައި އެޗްއާރު ޑިޕާޓްމަންޓެއް އޮވޭ. ސެކްޝަންތަކުގައި ވެރިން ތިބޭ. އެހެންވެ ކަންކަން މާރަނގަޅަށް ބެލެހެއްޓޭ."
"ރާއްޖޭގެ ފައިވް ސްޓާ ތަންތަނަށް ބެލިއަސް ވަަރަށް ގިނަ ކުދިން އެބައުޅޭ ތަމްރީން ކުރެވިފައިވާ."
ގައިސަރު ވިދާޅުވި މި ދާއިރާގައި މަސައްކަތް ކުރަން ދިވެހިން ވަރެއް ނުލިބޭނެ އެވެ.
"މިތަނުގައި ވެސް ގިނަ ވާނީ ދިވެހިން. ދިވެހިންނާ ޑީލް ކުރަން މާ ފަސޭހަ. ރާއްޖޭގެ އެންވަޔަރުމަންޓާއި ރާއްޖޭގެ ހޮސްޕިޓާލިޓީ ދިވެހިންނަށް މާރަނގަޅަށް އެނގޭ. ދިވެހިންނަކީ އަބަދު ވެސް ހިދުމަތް ދޭން ކުޅަދާނަ ބައެއް. އަޅުގަނޑުމެން ކުޑައިރު ރަށްރަށަށް ދިއައީމަވެސް މިލިބެނީ އެންމެ ފުރިހަމަ މެހުމާނުދާރީ. އެކަމަކު ބޭރު މީހުން ގެނެސްގެން މި ޖެހެނީ އަލުން ބޭނުންވާ ގޮތަށް ތަމްރީން ކުރަން،" ގާތްގަނޑަކަށް 700 މުވައްޒަފުން މަސައްކަތް ކުރާ ރިސޯޓުގެ ޖީއެމް ވިދާޅުވި އެވެ.
"މައްސަލައަކީ ދިވެހިންނަށް ފުރުސަތު ނުދިނުން. ރާއްޖޭގެ މި ހުރި ގިނަ ރިސޯޓު ތަކުން ދިވެހިންނަށް ފުރުސަތެއް ނުދޭ. އެކަށީގެންވާ މީހުން ތިބަސް ފުރުސަތު ހަމަ ނުދެނީ. ފުރުސަތު ދިނަސް ދިވެހިންނާއި ބޭރު މީހުން ތަފާތު ކުރޭ. ދިވެހި ކޮލިފައިޑް މީހާ ހުއްޓަސް މުސާރަ ކުޑަކޮށް އެބަދޭ ބޭރު މީހާއަށް. މިއީ މައްސަލައަކީ."
"ހާއްސަކޮށް އަންހެން ކުދިންނަށް. ރިސޯޓު އަންހެން ކުދިންނަށް މާ ސޭފް ވެސް ވާނެ. ރިސޯޓުގައި އެޗްއާރު ޑިޕާޓްމަންޓެއް އޮވޭ. ސެކްޝަންތަކުގައި ވެރިން ތިބޭ. އެހެންވެ ކަންކަން މާރަނގަޅަށް ބެލެހެއްޓޭ."
ގައިސަރު ޒުވާނުން ނަށް ދޭން އޮތީ މެސެޖެކެވެ. ހާއްސަކޮށް ވަޒީފާ އަށް ނުގޮސް ދެއަތް އުރާލައިގެން ތިބޭ ޒުވާނުން ނަށް ގައިސަރު ނަސޭހަތަކީ މި ދާއިރާއާ ކުރިމަތިލުމެވެ.
"ކޮންމެ މީހަކަށް ވެސް ފުރުސަތު ތަކެއް ވެސް އެބައޮތް މި ދާއިރާގައި. ހުރިހާ ޕްރޮފެޝަން ތަކެއް އެބަ ހުރި. އެންމެ މައްޗަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތް. ހަގީގަތުގައި ވާގޮތަކީ ބައެއް ޒުވާނުން ބޭނުން ނުވަނީ ރިސޯޓަށް އަންނަން. ގިނަ ރިސޯޓުތަކުގައި ވަރަށް ރަނގަޅަށް ސްޓާފް ފެސިލިޓީ ވެސް މި ހުންނަނީ. އާއްމުކޮށް މާލޭގައި ވޯކް ކުރުމަށް ވުރެ ވޯކް އެންވަޔަރުމެންޓް ވެސް މާ ކޮންފަޓަބަލް ވާރެ ރިސޯޓުގަ. މާ ސޭފް ވެސް ވާނެ،" ގައިސަރު ވިދާޅުވި އެވެ.
"ހާއްސަކޮށް އަންހެން ކުދިންނަށް. ރިސޯޓު އަންހެން ކުދިންނަށް މާ ސޭފް ވެސް ވާނެ. ރިސޯޓުގައި އެޗްއާރު ޑިޕާޓްމަންޓެއް އޮވޭ. ސެކްޝަންތަކުގައި ވެރިން ތިބޭ. އެހެންވެ ކަންކަން މާރަނގަޅަށް ބެލެހެއްޓޭ."
"ޝުކުރު ފައިސަލާއި ގާސިމަށް "
ގައިސަރު ވިދާޅުވި ގޮތުގައި މި ހިސާބަށް އާދެވުމުގެ ސިއްރަކީ ވިލާ ގްރޫޕުގެ ވެރިޔާ ގާސިމް އިބްރާހިމް އާއި ބޭބެ، ފައިސަލް ނަސީމް އެވެ.
"ހަގީގަތުގައި މި ހިސާބަށް އައުމަށް އެންމެ އެހީތެރިވެދިން އެއް ބޭފުޅަކަށް ވާނެ ގާސިމް. ގާސިމް ވަރަށް އިތުބާރު ކުރައްވާނެ. އޮތޯރިޓީ ވެސް ދެއްވާފައި އޮންނަނީ. ނުރަނގަޅުކޮށް ކުރެވޭ ކަންކަން ވެސް ރަނގަޅު ކުރައްވަން އެހީތެރިވެދެއްވާ. އެ ގައިޑެންސް ދޭ އަބަދު ވެސް. ވަރަށް ޕޮޒިޓިވް ބޭފުޅެއް [ގާސިމް] އަކީ،" ގައިސަރު ވިދާޅުވި އެވެ.
"ރޯޔަލް އައިލެންޑުން ފުރުސަތު ލިބުމުގައި ބޭބެ ފައިސަލ ދައުރު ބޮޑު. އަބަދު ވެސް ފައިސަލްގެ އެހީތެރިކަން ޕާސަނަލީ ލިބޭނެ. މީހާ ޑިސިޕްލިން މީހަކަށް ވުމުގައި ފައިސަލްގެ އެހީތެރިކަން ޕާސަނަލީ ވަރަށް ބޮޑަށް ލިބުނު."