ވިޔަފާރި

އެމްޓީސީސީގެ ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ދެވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ރެކޯޑު އަދަދަކަށް އިތުރުވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ ތިންވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 24 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 5.8 މިލިއަން ރުފިޔާގެ ފައިދާއާ އަޅާބަލާއިރު ގާތްގަނޑަކަށް 300 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި އެ ކުންފުނިން 341 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. ނަމަވެސް މި ފުރަތަމަ ކުއާޓަރުގައި 306 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި މި ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 69 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 51 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީއިން މި ކުއާޓަރުގައި އެ ކުންފުނިން 61 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެތެރެއިން ފަސް މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.