ވިޔަފާރި

އެންމެ ގިނައިން ޓެކުސް ދެއްކި ފަރާތްތަކަށް އެވޯޑު ދީފި

މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އަހަރު އެންމެ ގިނައިން ޓެކްސް ދެއްކި 17 ފަރާތަކަށް "ރަން ލާރި އެވޯޑު" މިރޭ ދީފި އެވެ.

މީރާ އަށް ހަތް އަހަރު ފުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ދީފައިވާ "ރަންލާރި އެވޯޑް" އަކީ ބަރާބަރަށް އަދި އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް ދޭ އެވޯޑެވެ. ނަމަވެސް މި އެވޯޑު ދިނުމުގައި ޓެކްސް ދެއްކި އަދަދެއް އާއްމެއް ނުކުރާނެ އެވެ. މި އެވޯޑު 11 ގިންތި އަކުން ދީފައިވެ އެވެ.

މި އަހަރު ރަންލާރި އެވޯޑު ލިބުނު ފަރާތްތައް:

ވިޔަފާރީގެ ފައިދާ ޓެކްސް، ބީޕީޓީއިން: ޔުނިވާސަލް، ޓީއެމްއޭ، ލިލީ ހޮޓެލްސް
ޓޫރިޒަމް ޖީއެސްޓީ: އެންމެ ގިނައިން ދެއްކި 150 އެނދުގެ ގިންތި: ޝެވަލް ބްލޭންކް ރަންދެލި ރިސޯޓް
ޓޫރިޒަމް ޖީއެސްޓީ: 150-200 އެނދުގެ ރިސޯޓު ގިންތި: ފޯސީންޒަން ލަނޑާ ގިރާވަރު
ޓޫރިޒަމް ޖީއެސްޓީ: 250 އަށްވުރެ ގިނަ އެނދުހުރި ރިސޯޓުތަކުން: ވަން އެންޑް އޮންލީ ރީތި ރަށް
ޓޫރިޒަމް ޖީއެސްޓީ: ޓްރެވަލް އެޖެންސީ ސްޕްލެންޑެޑް އޭޝިޔާ
ޓޫރިޒަމް ޖީއެސްޓީ: އެތެރޭގެ އުދުހުންދޭ ފަރާތް: ޓީއެމްއޭ
ޓޫރިޒަމް ޖީއެސްޓީ: ޓޫރިސްޓުން ހޮޓާ، އެޗްއައިއެޗް
ޓޫރިޒަމް ޖީއެސްޓީ: ޓޫރިޒަމް އުޅަނދު، ފޯސީޒަން އެކްސްޕްލޯރާ
ޓޫރިޒަމް ޖީއެސްޓީ: ގެސްޓް ހައުސް، އޯޝަން ގްރޭންޑް
ޖީއެސްޓީ ބޮޑެތި ވިޔަފާރި ގިންތި: ސީޑީޓީ ޕްރައިވެޓް ލިމިޓެޑް
ޖީއެސްޓީ މެދު ފަންތީގެ ވިޔަފާރި: އަބްދު ރަހީމް ޝާކިރު
ޖީއެސްޓީ ކުދި ވިޔަފާރި: އިލާ މޯލްޑިވްސް
ވިތު ހޯލްޑިންގް ޓެކްސް: އުރީދޫ މޯލްޑިވްސް
ބޭންކް ޕްރޮފިޓް ޓެކްސް: ބީއެމްއެލް
ސަރުކާރު ކުންފުނީގެ ގިންތި: ދިރާގު

މި އަހަރުގެ ރަންލާރި އެވޯޑު ލިބުނު ފަރާތްތަކަށް ބަލާއިރު، މިދިޔަ އަހަރާ ބަލާއިރު ކޮންމެވެސް ވަރެއްގެ ތަފާތެއް ވަނީ އައިސްފަ އެވެ. ނަމަވެސް ޔުނިވާސަލް އާއި ޓީއެމްއޭ ފަދަ ކުންފުނިތަކުން މި އެވޯޑު ހޯދާތާ ދެތިން އަހަރު ވެއްޖެ އެވެ.