ހަބަރު

މޫދަށް ވެއްޓުނު ކުއްޖަކު ސަލާމަތްކޮށްދިނީ އެމްއެމްއޭ މުވައްޒަފެއް

އެމްއެމްއޭ ސަރަހައްދުން މޫދަށް ވެއްޓުނު އަންހެން ކުއްޖެއް ސަލާމަތްކޮށްފި އެވެ. އެ ކުއްޖާ ސަލާމަތްކޮށްފައިވަނީ އެ ވަގުތު އެ ސަރަހައްދުގައި ހުރި އެމްއެމްއޭގެ މުވައްޒަފެކެވެ.

އެ ސަރަހައްދުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި އަންހެން ކުއްޖާ މޫދަށް ވެއްޓުމާއެކު އެމްއެމްއޭގެ މުވައްޒަފެއް ކަމަށް އާދަމް ހުޝާމް ވަނީ މޫދަށް ފުއްމާލައި އެ އަންހެން ކުއްޖާ ސަލާމަތް ކުރުމަށް ހަރަކާތްތެރިވެފަ އެވެ. އޭރު އޭނާ ހުރީ އޮފީސް ހެދުމުގަ އެވެ.

އެމްއެމްއޭ ސަރަހައްދުގައި އެ ވަގުތު ގިނަ މީހުން ތިބިއިރު އެ އަންހެން ކުއްޖާ ސަލާމަތްކުރުމަށް އާދަމް ހުޝާމް ކުރި ހިތްވަރަށް އެ ސަރަހައްދުގައި ތިބި މީހުން ވަނީ ސާބަސް ދީފަ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އޭނާއަށް ވަރަށް ގިނަ މީހުން ގެންދަނީ ތައުރީފް ކުރަމުންނެވެ.