ހަބަރު

ފުލުހަކަށް ހަމަލާދިނުމުުގައި ހިމެނޭ ކުޑަކުއްޖާ ކޯޓުން ދޫކޮށްލައިފި

ރޭ މާފުށީގައި ފުލުހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަަލައިގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ 18 އަހަރުގެ ކުއްޖާ ދޫކޮށްލުމަށް ޖުވެނައިލް ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުސް މީހާގެ ގަޔަށް ވަޅި ޖެހި، ހ. ކުއްޅަވައްމާގެ އުމުރުން 31 އަހަރުގެ އަޒުހަރު އިބްރާހީމްގެ އިތުރަށް 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއް އަދި 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ހައްޔަރުކޮށްފައިވެ އެވެ. ފުލުހުން މިރޭ ބުނީ 18 ނުފުރޭ ކުޑަކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކުރަން ޖްވައިނަލް ކޯޓަށް މިރޭ ހާޒިރު ކުރި ކަމަށެވެ. އެހެން ނަމަވެސް އެ ކުއްޖާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކޯޓުން ކަނޑައަޅައި އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދެން ތިބި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރުކުރި ކަމެއް ވެސް އަދި ނޫން ކަމެއް ވެސް ނޭނގެ އެވެ.
މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ރައްޒާނަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލީ، މާލެއިން ލޯންޗެއްގައި މާފުއްޓަށް ދިޔަ ބަޔަކު ޖަލަށް ތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވަން ހިންގި އޮޕަރޭޝަންގެ ތެރޭގަ އެވެ. އަޒުހަރު ވަޅި ޖެހީ ރައްޒާންގެ މެޔާއި ކައިރިއަށެވެ. އަދި އެކަމުގެ ސަބަބުން އައިޖީއެމްއެޗްގައި ރައްޒާންގެ ސާޖަރީއެއް ހަދައި އަދިވެސް އަންނަނީ ފަރުވާދެމުން އެވެ.