ވިޔަފާރި

އުރީދޫގެ އާ ކަސްޓަމަރުންނަށް މުޅި އަހަރު ހިލޭ ޑޭޓާ!

އުރީދޫގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ ހިދުމަތް އަލަށް ހޯދާ މީހުންނަށް މުޅި އަހަރު ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް ބަދަލުތަކެއް ގެނުވު ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މި ޕްރޮމޯޝަންގައި ރާއްޖޭގެ އެންމެ ހަލުވި ޑޭޓާ ސްޕީޑުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މުޅިން ހިލޭ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އުރީދޫން މިއަދު ފެށި ލިމިޓެޑް އޮފާ، އުރީދޫ އާއި ގުޅިވަޑައިގަންނަވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ އެވެ. މި އޮފާ ގެ ދަށުން:

* އަލަށް ގުޅިވަޑައިގަންނަވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، އެއް އަހަރު ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ
* އަލަށް ގުޅިވަޑައިގަންނަވާ ޕްރީޕެއިޑް ކަސްޓަމަރުންނަށް، މަހަކު 50ރ. ހިދުމަތް ބޭނުންކުރެއްވުމުން، ހަ މަސް ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ
* އުރީދޫގެ ހިދުމަތް މިހާރުވެސް ހޯދަމުންދާ ކަސްޓަމަރުން، ޕެކޭޖް އަޕްގްރޭޑް ކުރެއްވުމާއި އެކު، އެއް އަހަރު ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އަހަރީ ދުވަހުގެ މުނާސަބަތުގައި، އުރީދޫގެ އާ ކަސްޓަމަރުންނަށް މި އަގުހުރި ފުރުސަތާއި އެކު މަރުޙަބާ ކިޔުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންނާއި އެކު ކުރައްވާ ދަތުރަކީ ތަފާތު ތަޖުރިބާތަކެއް ކުރެވިގެންދާނެ، އުފާވެރި ދަތުރަކަށް ވެގެންދާނެކަމުގެ ޔަގީންކަން އަރުވަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި ދިވެހި މުޖްތަމައަށް އުފާވެރިކަން ގެނެސްދޭނެ ފަދަ ޙަރަކާތްތަކާއި އެކު އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުން މި އޮގަސްޓް މަހުގެ ތެރޭގައި އަދިވެސް ކުރިޔަށްދާނެ،" ނަޖީބް ވިދާޅުވިއެވެ.