މި ފަދަ ޒަމާނެއްގައި ހިލޭ ސާބަހަށް ކަމެއް ކޮށްދޭނީ ކާކު ހެއްޔެވެ؟ ދަރުމަ އަށް އުޅޭ މީހުން މަދުވަނީ ވެސް މިހެންވެ އެވެ. ނަމަވެސް ރާއްޖޭގައި ގައުމީ ފެންވަރުގައި ދަރުމަޔަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ ދާއިރާއިން ގައުމީ އެވޯޑު ފުރަތަމަ ފަހަރަށް ލިބުނު ހަސަން ޝިޔާމްގެ ވާހަކަ ތަފާތެވެ. އޭނާ ސްކޫލް ދައުރުން ފެށިގެން މިއަދާ ހަމަ އަށް ވެސް އެންމެ ބޮޑު ޝައުގަކީ ދަރުމައަށް މަސައްކަތް ކުރުމެވެ. ހާއްސަކޮށް އޭނާއަށް އެނގި ހުރި އެއްޗެއް އެހެން މީހުންނަށް އުގަންނައި ދިނުމުގެ މަސައްކަތް ކޮންމެ ވަގުތަކު ކުރުމަށް ވެސް އޭނާ ހުންނަނީ ތައްޔާރަށެވެ.
"ސްކޫކް ދައުރުން ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމުގައި އުޅުނިން އެއްވެސް އަގެއް ނުނަގާ. ހަމަ އެ ދުވަސްވަރު ހިލޭ ސާބަހަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކާއެކު ވެސް މަސައްކަތް ކޮށްފައިވާނެ،" ހޯރަފުއްޓަށް އުފަން ޝިޔާމް ވިދާޅުވި އެވެ.
މިހާތަނަށް ޝިޔާމް ހިލާސާބަހަށް ހިންގަވާފައިވާ އެކިއެކި ސެމިނާތަކުގެ ތެރޭގައި މަސައްކަތުގެ ހުނަރު މަތިކުރުމުގެ ޕްރޮގްރާމްތައް ހިމެނެ އެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި ކްލަބު ޖަމިއްޔާ ހިންގުމުގެ ވޯކްކްޝޮޕާއި، އޮފީސް ހިންގުމުގެ ތަމްރީނު ވޯކްޝޮޕާއި، ތަރައްގީއަށް އަހުލުވެރި ކުރުވުމާއި، އެކިއެކި މަޝްރޫއުތައް ހިންގުމުގެ ހުނަރު ދަސްކޮސްދޭ ވޯކްޝޮޕްތައް ހިމެނެ އެވެ. އަދި އަންހެނުން ހޭލުންތެރިކުރުވުމާއި، ބާރުވެރިކުރުވުމުގެ ވޯކްޝޮލާއި ސްމާޓް ސްޓަޑީ ސްކިލްސް ޑިވެލޮޕްމަންޓް ސެމިނާރާއި، ސްމާޓް ޓީޗިން ސްކިލްސް ޑިވެލޮޕްމަންޓް ސެމިނާ އާއި ސްމާޓް ޕޭރަންޓަލް ސްކިލްސް ޑިވޮލޮޕްމަންޓް ސެމިނާރު ވެސް އޭނާ ހިންގަވަމުން ގެންދަވަ އެވެ. މީގެ އިތުރުން ގައުމި ރޫހު އާލާ ކުރުމާއި، އިޖުތިމާއީ އަދަބުތަކަށް ޒުވާނުންނާއި ދަރިވަރުން އަހުލުވެރި ކުރުވުން ފަދަ މުހިންމު ސެމިނާތައް ހިމެނެ އެވެ،
ޝިޔާމްގެ ހިދުމަތް މި ހިސާބުން ނިންމައިލެވޭކަށް ވެސް ނެތެވެ. އޭނާ ވަނީ ރައްޔިތުން މަޖިލީހަށް ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. ދެހާސް ފަސްވަނަ އަހަރުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެއް ޕާލިމެންޓްރީ އެޑިއުކޭޝަން ޕްރޮގްރާމްތައް ވެސް ހިންގުމުގައި އިސްކޮށް މަސައްކަތް ކުރެއްވީ ވެސް އޭނާ އެވެ.
ޒުވާނުންނަށް ލީޑާޝިޕް ދަސްކޮށްދެއްވުމަށްޓަކައި ޝިޔާމް ހިންގަވާ ޕްރޮގްރާމްތައް ވެސް ހާއްސަގޮތެއްގައި ފާހަގަކޮށްލަންޖެހެ އެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ދެމެދު ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި ދަރިވަރުންގެ މާދިރީ ނުނީ ސްޓޫޑަންޓް ޕާލަމަންޓް ރާއްވަވައި ހިންގެވުމުގެ މޭސްތިރިއަކީ އޭނާ އެވެ.
އަދި މިނޫން ވެސް އެކިއެކި މުނާސަބަތުތަކާ ގުޅިގެން މާލޭގެ ސްކޫލްތަކުންނާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ރައްޔިތުން މަޖިލިސް ހިނގާ ގޮތަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް އޭނާ ގެންދެވީ އެކި ފަރާތްތަކަށް ހަދިޔާ ކުރައްވަމުން އެވެ. އަދި ދަރުމަޔަށް މަސައްކަތް ކުރުން ނޫނީ ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ޝިޔާމް އަދިވެސް ހިންގަވަ އެވެ.
"މިގޮތުން ރައްޔިތުން މަޖިލިހަށް 75 އަހަރު ފުރޭތީ މުޅިރާއްޖޭގައި މަޖިލީހާއި ގާނޫނު އަސާސީ އަށް މީހުން ހޭލުންތެރި ކުރުވަން ގިނަ މަސައްކަތް ތަކެއް ކުރެވުނު،" ޝިޔާމް ވިދާޅުވި އެވެ.
"މި ޕްރޮގްރާމުގައި ބައިވެރިވި ވަރަށް ގިނަ ބޭފުޅުން ރާއްޖޭގެ މީޑިޔާތަކުން ފެނޭ. މިހާރުގެ ހޯމް މިނިސްޓަރަކީ ވެސް އަދި ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީންއަކީ ވެސް މިގޮތަށް އުފެދުނު ބޭފުޅެއް. މީގެ އިތުރުން ޒުވާނުންނާއި ދަރިވަރުންގެ މާދިރީ ވެސް ކުރިއަށް ގެންދެވުނު. މީގެ ބޭނުމާއި ފައިދާ ކުރި، ރައްޔިތުން މަޖިލީހުގެ މެންބަރުން ބައްލަވާ."
ޝިޔާމްއަކީ ރާއްޖޭގައި މަދު އެހެންނަމަވެސް މުހިންމު ދާއިރާއެއް ކަމަށްވާ މެނޭޖުމަންޓުގެ ދާއިރާ އިން މީހުން ބިނާކުރުމުގެ މަސައްކަތް ވެސް ކުރައްވާ ބޭފުޅެކެވެ. މިގޮތުން މި މަސައްކަތް މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް ފުޅާވެގެން ގޮސްފަ އެވެ. މި މަސައްކަތްތަކުން ބެލެނިވެންނާއި ސްކޫލްތަކުގެ ކުދިން އަދި އޮފީސްތަކުގެ މުވައްޒަފުންނަށް ވެސް ހާއްސަ ތަމްރީންތައް ހިންގި އެވެ.
"އަޅުގަނޑު ޕްރޮފެސަރު އުގައިލްއާ ގުޅިގެން ވެސް ޕްރޮގްރާމް ތަކެއް ހިންގުނުނު. މާލެ އާއި އައްޑޫ އާއި ލ.އަތޮޅުގައި އަދި ތ. އަތޮޅުގައި ވެސް މީހުން ބިނާ ކުރުމުގެ ޕްރޮގްރާމް ހިންގުން. ބޭނުމަކީ ދިިރިއުޅުމުގައި އަމިއްލަ ޕްލޭނެއް އޮވެގެން މަސައްކަތް ކުރާނެ ބަޔަކަށްވުން."
"މީހުން ބިނާ ކުރުމުގެ ދާއިރާ އިން އެންމެ ބޮޑަށް ފާހަގަ ވަނީ ޕްލޭނެއް ނެތްކަން. މަސައްކަތް ކުރާ މީހުންގެ ވެސް ގޯލެއް ނެތްކަން. އެހެންވީމަ ވަރަށް ބޮޑަށް ގައިޑް ކުރަމުން ހިނގާށޭ ކޮންމެ މީހަކު ވެސް ގޯލެއް ކަނޑައަޅަން"
ޝިޔާމް މި މަސައްކަތްތަކާއެކު، މިހާރު އޭނާގެ ފޯކަސް ހުރީ ގައުމީ އެވޯޑު ދިރުވާނެ އިތުރު ބަޔަކު އުފެއްދުމެވެ. އެ މަގުސަތުގައި ތަމްރީންތައް ކުރިއަށް ގެންދާއިރު، ތަމްރީން ދޭނެ ހާއްސަ މީހުން ބިނާ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
"އަޅުގަނޑު މިދޭ ތަމްރީން ތަކުއް މެދުވެރިކޮށް ގިނަ ޕްރޮގްރާމް ތަކެއް ރަށްރަށުގައި ދަނީ ހިންގަމުން. މި ތަމްރީންތައް ދޭން ހުންނާނެ އަމިއްލަ ޓިކެޓު ވެސް ރަށްރަށަށް ދަތުރުކޮށްފަ. ބޭނުމަކީ މީހުން ތަމްރީން ދިނުން. އަދި ވެސް ކުރިއަށް މިދަނީ އެގޮތުގައި. އަދި ހުންނާނީ ވެސް މިގޮތުގައި."