ވިޔަފާރި

އީދަށް ފްލައިޓުތައް ފުރި، ރިސޯޓުތައް އޯވަބުކް!

އީދު ޗުއްޓީއަށް ދިވެހިން ދާން ފެށުމާއެކު، ފްލައިޓުތަކުގެ ޖާގަތައް ފުރި ރިސޯޓުތައް އޯވަ ބުކް ވެއްޖެ އެވެ.ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ އެއާލައިންސްތަކުގެ އެޖެންޓުތައް ކުރަމުން ގެންދާ، ވިލާ ޓްރެވަލްސްއިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އީދު ޗުއްޓީ އަށް މީހުން ދަތުރު ކުރަން ޓިކެޓުތައް ނެގުމުގެ ސަބަބުން ހުރިހާ އެއާލައިނެއްގެ ފުރިފައިވާ ކަމަށެވެ.

"ވަރަށް ބޮޑަށް ޑޮމެސްޓިކް ހުރިހާ ޑެސްޓިނޭޝަނެއް ވެސް ވަނީ ފުލްވެފައި،" އޮފިޝަލް ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިންސް އާއި އިންޑިއަން އެއާލައިންސްގެ އެޖެންޓުކަން ވެސް ކުރަމުން ގެންދާ ކުންފުނީގެ އޮފިޝަލް ވިދާޅުވީ އިންޑިޔާ އާއި ސްރީލަންކާ އަށް ވެސް ގިނަ ބަޔަކު ދާން ޓިކެޓު ނަގާފައިވާ ކަމަށެވެ.

"އިންޑިއާ އަށް ގިނަ ބަޔަކު ދާން ޓިކެޓު ނަގާފައިވޭ. ޗައިނާ އީސްޓަން އެއާލައިންސުގެ ޖާގަ ވެސް ވަނީ ފުލްވެފަ،" އޮފިޝަލް ވިދާޅުވި އެވެ.

ދިވެހިން އެންމެ ގިނައިން ޗުއްޓީ ހޭދަ ކުރަން ދަތުރުކުރަނީ ސްރީލަންކާ އަށެވެ. މިހެންވެ ދިވެހިންގެ ދައުރަށް އިތުރު ފަސޭހަކަމެއް ގެނެސް ދިނުމަށް ސްރީލަންކަން އެއާލައިންސް އިން ވަނީ ހާއްސަ އަގެއްގައި ޓިކެޓު ވެސް ވިއްކަމުންނެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް އިނަ މޯލްޑިވްސްގެ ޑިރެކްޓަރު އަހުމަދު އިޖާޒު ވިދާޅުވީ ސްރީލަންކަން އެއާލައިންސް އިން 253 ޑޮލަރަށް ޓިކެޓު ވިއްކާއިރު ފުލްވެފައިވާ ކަމަށެވެ.

"ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް. ގާތްގަނޑަކަށް ފުލްވެފައިވަނީ،" އިޖާޒު ވިދާޅުވި އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރަށް ޕެކޭޖު ވިއްކާ ސަން ސެޓް މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ރިޒާ ވިދާޅުވީ އެ ކުންފުނިން ވިއްކާ ގިނަ ޕެކޭޖުތައް ފުލްވެފައިވާ ކަމަށާ، ގިނަ އަދަދެއްގެ ދިވެހިން ޕެކޭޖުތައް ނަގާފައިވާ ކަމަށެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރަށް ޕެކޭޖު ވިއްކާ ސަން ސެޓް މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ރިޒާ ވިދާޅުވީ އެ ކުންފުނިން ވިއްކާ ގިނަ ޕެކޭޖުތައް ފުލްވެފައިވާ ކަމަށާ، ގިނަ އަދަދެއްގެ ދިވެހިން ޕެކޭޖުތައް ނަގާފައިވާ ކަމަށެވެ.

"ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް. ގާތްގަނޑަކަށް 30-50 ޕަސެންޓު ވަރު އިތުރުވެފައިވޭ. ދިވެހިން އަގަށް ވުރެ ބޮޑަށް ބަލަނީ މާލެ ކައިރިއަށް. އެކަމަކު ބައެއް ތަންތަން އަގު ބޮޑުވުން ވެސް މިއީ މައްސަލައެއް. ކައިރީގައި ހުންނަ ތަންތަނަށް އޮތް ޑިމާންޑް ވަރަށް މަތި،" ރިޒާ ވިދާޅުވި އެވެ.

މާލެ ކައިރި ބައެއް ރިސޯޓުތައް ކަމަށްވާ ސަމާ އައިލެންޑާއި ޕެރަޑައިސް އާއި ފިހާޅޮހި ފަދަ ރިސޯޓުތަކަކީ ކޮންމެ އަހަރަކު ވެސް އެންމެ ގިނަ މީހުންދާ ތަންތަނެވެ. މީގެ އިތުރުން ދިވެހިންނަށް އަގު ހެޔޮކޮށް ޕެކޭޖު ވިއްކާ ސަން އައިލެންޑު ރިސޯޓަށްވެސް ގިނަ ބަޔަކުދެ އެވެ.

ސަން އައިލެންޑް ރިސޯޓުން މިއީދަށް ވެސް ޕެކޭޖު ވިއްކާފައިވަނީ ތިން ކެއުމާއެކު 2،000ރ. އަށެވެ. އަދި ފްލައިމީގައި މާމިގިއްޔަށް ދިއުމަށް ދެކޮޅަށް މީހަކަށް ޓިކެޓު ވިއްކަނީ 800ރ. އަށެވެ.

މާލެ ކައިރީ ޕެރަޑައިސް އައިލެންޑު ރިސޯޓުން ވެސް ދަނީ އީދު ޕެކޭޖު ވިއްކަމުންނެވެ. މި ރިސޯޓުގެ މޫދު ކޮޓަރިތައްވެސް އެޑްކުރެވޭ ގޮތަށް އޮޕްޝަން ހިމެނޭ ގޮތަށް ކޮޓަރި ވިއްކަނީ 3،000ރ. އާއި 3،000ރ. އަށެވެ. ގިނަ ހަރަކާތްތަކެއް ހިމަނާފައިވެ އެވެ.

"މިހާރު ރޫމް ލިބެން އޮތީ ހަތަރު ވަނަ ދުވަހުން ފެށިގެން. އެހެން ދުވަސްތައް އެއްކޮށް ވަނީ ފުރިފައި. އީދަށް އަޅުގަނޑުމެން ވަރަށް ހާއްސަ ކަމެއް ދީގެން މިވަނީ ތައްޔާރުވެފައި. އީދު ޕެކޭޖުން ދަތުރުކުރާ ދިވެހިންނަށް އެކްޓިވީސްތަކުން ބޮޑު ޑިސްކައުންޓެއްވެސް ލިބޭގޮތަށް އޮންނާނީ،" މައުސޫމު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާރު ހިންގާ 3،00 އަށްވުރެ ގިނަ ގެސްޓްހައުސްވެސް ގާތްގަނޑަކަށް އެއްކޮށް ވަނީ ފުރިފަ އެވެ. އަދި ހާއްސަކޮށް މާލެ އަތޮޅުގެ ގެސްޓްހައުސްތަކާއި ރިސޯޓު ތަކަށް ބާރު ބޮޑެވެ.

މާލެ ކައިރީ ޕެރަޑައިސް އައިލެންޑު ރިސޯޓުން ވެސް ދަނީ އީދު ޕެކޭޖު ވިއްކަމުންނެވެ. މި ރިސޯޓުގެ މޫދު ކޮޓަރިތައްވެސް އެޑްކުރެވޭ ގޮތަށް އޮޕްޝަން ހިމެނޭ ގޮތަށް ކޮޓަރި ވިއްކަނީ 3،000ރ. އާއި 3،000ރ. އަށެވެ. ގިނަ ހަރަކާތްތަކެއް ހިމަނާފައިވެ އެވެ.

އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ ހުރިހާ ރޫމްތަކެއް އެއްކޮށް ފުލްވެފައިވާ ކަމަށެވެ.

"އެއްގޮތަކަށް ވެސް ރޫމެއް ނެތް. އެކަމަކު މިހާރުވެސް ގިނަ ބަޔަކު ރޫމް ހޯދަން ގުޅަމުން އެބަގެންދޭ،" ގައިސަރު ވިދާޅުވި އެވެ.

އީދުގެ މަޖާގަނޑު މިފެށުނީއެވެ. ފެށުނުއިރު ގިނަ ބަޔަކު މިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރު ފަށާފަ އެވެ. މި ދަތުރުތަކާއެކު ފްލައިޓުތައް ފުރި ރިސޯޓުތައް އޯވަބުކް ވެއްޖެ އެވެ.