ވިޔަފާރި

ރާއްޖޭގެ ރިޒާވް ފަސް ޕަސެންޓް ދަށަށް

ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ މަހު ފަސް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 571.8 މިލިއަން ޑޮލަރެވެ.

އެ މިންވަރަކީ އަހަރުން އަހަރަށް ބަލާއިރު ހަތް ޕަސެންޓް އަދި މަހުން މަހަށް ބަލާނަމަ ފަސް ޕަސެންޓުގެ ދަށްވުމެކެވެ.

މީގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 207.6 މިލިއަން ޑޮލަރެވެ. މިއީ އަހަރުން
އަހަރަށް ބަލާއިރު ކުޑަ މިންވަރެއް ދަށް އަދަދެކެވެ. އަދި މަހުން މަހަށް ބަލާއިރު 17 ޕަސެންޓް ދަށް އަދަދެކެވެ.

ޔޫޒަބަލް ރިޒާވް އަކީ ގްރޮސް އިންޓަރނޭޝަނަލް ރިޒާވްސް (ރާއްޖޭގެ ރަސްމީ ރިޒާވް) އިން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީ އުނި ކުރުމުން ބާކީވާ އަދަދެވެ. ޔޫޒަބަލް ރިޒާވްސް އިން ދައްކައިދެނީ ބޭރު ފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭއިން ބޭނުން ކުރުމަ ްށ ހުންނަ ފައިސާގެ އަދަދެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ޔޫޒަބަލް ރިޒާވް ދަށްވެފައިވަނީ އެމްއެމްއޭ އިން ބޭރު ފައިސާ ވިއްކާފައިވާ އަދަދު މި މުއްދަތުގެ ތެރޭގައި އިތުރުވެފައިވާތީ އެވެ.