ވިޔަފާރި

ކަޅުބިލަ މަހާއި ކަންނެލީގެ އަގު ދުނިޔޭގެ ބާޒާރުގައި މައްޗަށް

ކަޅުބިލަ މަހާއި ކަންނެލީގެ އަގުތައް ދުނިޔޭގެ ބާޒާރުގައި މި ހަފުތާގެ ތެރޭގައި މަތިވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ތައިލެންޑުގެ ބާޒާރުގައި ކަޅުބިލަ މަސް ޓަނެއްގެ އަގު ހުރީ 30،531.60ރ. ގަ އެވެ. ނަމަވެސް މި މަސް ތެރޭޣައި ކަޅުބިލަ މަސް ޓަނެއްގެ އަގު ވަނީ 35،466ރ. އަށް އުފުލިފަ އެވެ. މިއީ ގާތްގަނޑަކަށް 16.2 ޕަސެންޓް އިތުރުވުމެކެވެ.

މިދިޔަ މަހު ސްޕެއިންގެ ބާޒާރުގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު ހުރީ 155.03ރ. ގަ އެވެ. ނަމަވެސް 0.2 ޕަސެންޓުގެ އިތުރުވުމަކާއެކު މިހާރު ކަންނެލި ކިލޯއެއްގެ އަގު ވަނީ 155.32ރ. އަށް އަރާފަ އެވެ. އަދި ޖަޕާނުގެ ޓޯކިއޯ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި މިދިޔަ ހަފުތާގައި ލޯބޮޑު ކަންނެލި ކިލޯއެއްގެ އަގު ހުރީ 142.10ރ. އަށެވެ. ނަމަވެސް މި ހަފުތާގައި ވަނީ 298.62ރ. އަށް މަތިވެފަ އެވެ. މިއީ 110.14 ޕަސެންޓް އިތުރު އަދަދެކެވެ.

މަހުގެ އަގަށް އައި ބަދަލު ކުރުކޮށް.

އަގުތަކަށް މި ބަދަލު އައިއިރު އެވްރެޖު ގޮތެއްގައި ކަންނެލި ކިލޯއެއްގެ ރާއްޖޭގެ ބާޒާރުގައި މިދިޔަ ހަފުތާ އާއި މި ހަފުތާ ވެސް ގަނެފައިވަނީ 62.50ރ. އަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއް ގަންނަމުން ގެންދަނީ 20ރ. އަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއް އަގު އުޅެނީ 18ރ. ގަ އެވެ.