ބަރެސްދޫ

ބަރެސްދޫއަށް ގެސްޓުން އުފުލާނީ މޯލްޑިވިއަން

ލ. ބަރެސްދޫއަށް ޓޫރިސްޓުން ގެންދަން ގައުމީ އެއާލައިން "މޯލްޑިވިއަން" އާ ހަވާލުކޮށްފި އެވެ. ބަރެސްދޫ، އިންޓަގްރޭޓެޑް ރިސޯޓު މަޝްރޫއު ތަރައްގީ ކުރާ، އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އައިލެންޑް އޭޝިއޭޝަން ސާވިސްސް (އައިއޭއެސް) އާ އެކު ވެވުނު އެއްބަސްވުމާއެކު ބަރެސްދޫއަށް ޓޫރިސްޓުން އުފުލާނީ އެ ކުންފުނިންނެވެ.

މި އެއްބަސްވުމާއެކު، ބަރެސްދޫއަށް ޓޫރިސްޓުން އުފުލަން ހާއްސަ އަގުތެއްގައި ކަނޑައަޅާނެ ކަމަށް އެމްއައިޓީޑީސީން ބުނެފައިވެ އެވެ.

ބަރެސްދޫ ތަރައްގީ ކުރަނީ 30 އަށް ވުރެ ގިނަ ގެސްޓްހައުސް އާއި މޫދު ކޮޓަރި ނުވަތަ ވިލާތައް ހުންނަ ގޮތަށް ތަރައްގީ ކުރާ ތިން ހޮޓާ ވެސް ހުންނަ ގޮތަށެވެ. ރަށުގައި ހުންނަ ކޮންމެ ހޮޓަލެއްގައި 100 އެނދު ހުރެ އެވެ. އަދި ގެސްޓްހައުސްތަކަކީ 35 ކޮޓަރި އާއި 60 ކޮޓަރީގެ ތަންތަނެވެ. މިގޮތުން މި ރަށުގައި ޖުމްލަ 1،500 އެނދު ހުންނާނެ އެވެ. ގާތްގަނޑަކަށް 3،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ.

ބަރެސްދޫގެ މަޝްރޫއާ ބެހޭ ގޮތުން، އެމްއައިޓީޑީސީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ކުރިން ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ މުޅިންއާ ކޮންސެޕްޓަރަކަށް ތަރައްގީކުރާ ރަށެއް ކަމަށާއި، މި ރަށަށް އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް ވެސް އެބައޮތް ކަމަށެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވެފައިވާ ގޮތުގައި މިރަށަށް ޓޫރިސްޓުން ގެނައުމަށް އެއާލައިންތަކާ ވާހަކަ ދައްކަމުންދާ ކަމަށާ، އަގުހެޔޮކޮށް އެ ރަށަށް ޓޫރިސްޓުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވި ގޮތުގައި މިރަށަށް ޓޫރިސްޓުން ގެނައުމަށް އެއާލައިންތަކާ ވާހަކަ ދައްކަމުންދާ ކަމަށާ، އަގުހެޔޮކޮށް އެ ރަށަށް ޓޫރިސްޓުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

މި ރަށުގައި ދެ ބީޗް ރިސޯޓާއި 10 ބީޗު ހޮޓަލުގެ އިތުރުން 11 ރެސްޓޯރެންޓާއި ފިހާރަ ފަދަ 40 ތަން ހުންނާނެ އެވެ. މީގެ އިތުރުން ބާ ފަދަ ހަތަރު ތަނެއް ވެސް ހުންނައިރު މި މަޝްރޫއު އެމްއައިޓީޑީސީ އިން ކުރި އަށް ގެންދަނީ ބަރެސްދޫއާ ޖެހިގެން އޮންނަ މާކަންފުށީގައި އިންޖީނުގެ އާއި ލޯންޑްރީ ފަދަ މުނިސިޕަލް ހިދުމަތްތައް ދެވޭ ގޮތަށެވެ. މި ރަށުގައި ބަނދަރު ހަދައި، ކީވޯލްތައް މިހާރު ވަނީ އަޅާފަ އެވެ. ބަރެސްދޫ ގެސްޓްހައުސް މަޝްރޫއު އެމްއައިޓީޑީސީން މިހާރު ކުރި އަށް ގެންދަނީ މި ރަށުގެ އެކި ޕްލޮޓުތައް ތަރައްގީކޮށް ކުއްޔަށް ދޫކުރާ މޮޑެލް އަށެވެ. މި ތަންތަނުގެ ކުލި އުޅެނީ މަހަކު 500 ޑޮލަރުން 45،000 ޑޮލަރާއި ދެމެދުގަ އެވެ. މި މަޝްރޫއުގެ ބިޑް ފޮތްތައް ވިއްކުން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. ބިޑު ފޮތެއް 3،000ރ. ވިއްކާއިރު ބިޑު ފޮތްތައް ހުށަހަޅަން ހުޅުވާލާނީ އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.