މި މަހުގެ 25 ގައި އެމްޓީސީސީން ރާއްޖެ ގެންނަ، މަހާޖައްރާފުން ބިން ހިއްކުމުގެ މަޝްރޫއު ހިންގަން، މެލޭޝިޔާއިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިބްރާހިމް ޒިއަތު ވިދާޅުވީ މެލޭޝިޔާގެ ކުންފުންޏަކުން އެ ގައުމުގައި ބިން ހިއްކުމަށް ހުށަހެޅުން ލިބިފައިވާ ކަމަށެވެ.
"މިހާރުވެސް އިންކުއަރީ އައިސްފައި މެލޭޝިޔާ ޕާޓީއަކުން. އެކަން އެބަ ބަލަން. މެލޭޝިއަން އެމްބަސީ މެދުވެރުކޮށްވެސް. އެއީ 50 މިލިއަން ސީބީއެމް. ކޮންމެ ގޮތެއް ވިއަސް، ވަރަށް ބޮޑަށް އެކްސައިޓްވެފައި މިތިބީ. ޑްރެޖަރު އައުމުގެ ކުރިން ރާއްޖޭން ވެސް ދެ ޕްރޮޖެކްޓް ވަނީ ލިބިފައި،" ޒިއަތު ވިދާޅުވި އެވެ.
އެމްޓީސީސިން ކުރިން ބުނީ ޑްރެޖަރު އަންނާނީ މިމަހުގެ 30 ގައި ކަމަށެވެ. ނަމަވެސް ޑްރެޖަރު ރާއްޖެ އައުން މިހާރު ވަނީ 25 އަށް އަވަސްވެފަ އެވެ. އަދި ޑްރެޖަރު އަންނަ ގޮތަށް ދާނީ ފުރަތަމަ މަޝްރޫއު ހިންގާ، ހދ. ކުޅުދުއްފުއްޓަށެވެ. އެ ރަށުގެ ކުޅިއާއި މޫދުން ބައެއް ހިމެނޭ ގޮތަށް އެމްޓީސީސީން އެރަށުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގާނެ އެވެ.
މިހާރުވެސް އިންކުއަރީ އައިސްފައި މެލޭޝިޔާ ޕާޓީއަކުން. އެކަން އެބަ ބަލަން. މެލޭޝިއަން އެމްބަސީ މެދުވެރުކޮށްވެސް. އެއީ 50 މިލިއަން ސީބީއެމް. ކޮންމެ ގޮތެއް ވިއަސް، ވަރަށް ބޮޑަށް އެކްސައިޓްވެފައި މިތިބީ. ޑްރެޖަރު އައުމުގެ ކުރިން ރާއްޖޭން ވެސް ދެ ޕްރޮޖެކްޓް ވަނީ ލިބިފައިއެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއަތު
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ކުޅިން އަށް ހެކްޓަރު (ގާތްގަނޑަކަށް 861113 އަކަ ފޫޓު) އަދި މޫދުން ފަސް ހެކްޓަރު ( ގާތްގަނޑަކަށް 538196 އަކަ ފޫޓު) ހިއްކާނެ ކަމަށެވެ. މި މަޝްރޫރު 180 ދުވަހުން ނިންމަން ވަނީ ނިންމާފަ އެވެ.
ސީއީއޯ ޒިއަތު ވިދާޅުވީ މަހާޖައްރާފު ފުރަތަމަ ދެ އަހަރު އޮޕަރޭޓް ކުރާނީ ބޭރުގެ މުވައްޒަފުން ކަމަށެވެ. ނަމަވެސް މަސައްކަތް ދާއިރު، ދިވެހިން ތަމްރީންކޮށް އެ މަސައްކަތަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޓީސީސީން މިހާރު ތިން ޑްރެޖަރު ގެންގުޅެން. ވޭތުވެދިޔަ ދުވަސްތަކުގައި ދެ ރިސޯޓު ޕްރޮޖެކްޓެއް ވެސް ނިންމާފައިވަނީ. ނަމަވެސް ހޮޕަ ޑްރެޖަރެއް މި އަންނަނީ އަލަށް. އެކަމަކު ކަޓާ ޑްރެޖަރު ބޭނުންކޮށްގެން ގިނަ މަޝްރޫއު ތަކެއް ހިންގިއްޖެ،" ޒިއަތު ވިދާޅުވި އެވެ.
"އެމްޓީސީސީން މިހާރު ތިން ޑްރެޖަރު ގެންގުޅެން. ވޭތުވެދިޔަ ދުވަސްތަކުގައި ދެ ރިސޯޓު ޕްރޮޖެކްޓެއް ވެސް ނިންމާފައިވަނީ. ނަމަވެސް ހޮޕަ ޑްރެޖަރެއް މި އަންނަނީ އަލަށް. އެކަމަކު ކަޓާ ޑްރެޖަރު ބޭނުންކޮށްގެން ގިނަ މަޝްރޫއު ތަކެއް ހިންގިއްޖެ،" ޒިއަތު ވިދާޅުވި އެވެ.
ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ. ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.
ސީއީއޯ ޒިއަތު ވިދާޅުވީ ޑްރެޖަރު ބަންދަން ދިޔަ 36 މިލިއަން ރުފިޔާ 10 އަހަރުން ހޯދޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ފީސިބިލީޓީން ދައްކަނީ 10 އަހަރުން ކަވަރުވާނެ ކަމަށް،" ޒިއަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމަށްފަހު، ށ. ފޮނަދޫ އެއާޕޯޓު އަޅާ ސަރަހައްދު ހިއްކުމުގެ މަސައްކަތް އެ ކުންފުނިން ފަށާނެ ކަމަށެވެ. މި މަޝްރޫއު 21 ހެކްޓަރުގެ ބިން ހިއްކާއިރު، މުޅި މަޝްރޫއުގެ އަގު 52.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޒިއަތު ވިދާޅުވި އެވެ.
އެމްޓީސީސީން އާ ޑްރެޖަރެއް ގެންނައިރު އެ ކުންފުނިން ވަނީ މީގެން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން ފަށާފަ އެވެ. މީގެ ބޭނުމަކީ ޑްރެޖަރުން އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދުމެވެ.