ވިޔަފާރި

އަންނަ އަހަރު އިންފްލޭޝަން އެއްވަރެއްގައި ހިފެހެއްޓޭނެ: އެމްއެމްއޭ

އަންނަ އަހަރު ކުރީ ރާއްޖޭގެ އިންފްލޭޝަން މަތިވިނަމަވެސް، މުޅި އަހަރު އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ މި އަހަރުގެ ތިންވަނަ ކުއާާޓަރުގައި އިންފްލޭޝަން ރިޕޯޓުގައިވާ ގޮތުން، އަންނަ އަހަރު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އިންފްލޭޝަން ހުރީ 2.9 ޕަސެންޓުގަ އެވެ. އަދި އަންނަ އަހަރުގެ

ފުރަތަމަ ކުއާޓަރުގައި 3.5 ޕަސެންޓަށް މަތިވިނަމަވެސް، ދެވަނަ ކުއާޓަރުގައި މި އަދަދު 3.1 ޕަސެންޓަށް ދައްވާނެ އެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި 2.9 ޕަސެންޓަށް ދަށްވާނެ އެވެ.

އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މި އަހަރުގެ ރާއްޖޭގެ އިންފްލޭޝަން (ލާދަ) ހުރީ 3.4 ޕަސެންޓުގައި ކަމަށެވެ. އަދި އަންނަ އަހަރު އެވްރެޖުކޮށް ހުންނާނީ 3.1 ޕަސެންޓުގައި ކަމަށެވެ.

އިންފްލޭޝަންއަކީ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގު ބެލުމަށް ބޭނުންކުރާ މިންގަނެވެ. ނޭޝަނަލް ޕްލޭނިންގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.52 ޕަސެންޓް މަތީގަ އެވެ.