ވިޔަފާރި

މޯލްޑިވިއަންގެ 11 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފި

މޯލްޑިވިއަން އިން 11 ވަނަ ސީޕްލޭން ގެނެސް، ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މި ސީޕްލޭން ވެސް އެ ކުންފުނިން ގެނައީ ގަނެގެންނެވެ.

އެގާރަވަނަ ސީޕްލޭން ގެނައުމާ ގުޅިގެން، ވީއައިއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުމެއްގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ހާރިސް ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ސީޕްލޭނެއް ވެސް ގެންނަނީ ގެނެގެން ކަމަށާއި، ސީޕްލޭން ފްރީޓް އިތުރު ކުރުމުގެ މަގުސަދަކީ ޓޫރިޒަމް ހަލުވިކަމާއެކު ފުޅާވަމުން ދިއުން ކަމަށެވެ.

އާ ސީޕްލޭން އަށް މަރުހަބާ ކިއުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މިގޮތުން ބޯޓަށް މަރުހަބާ ކިއުމަށް މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އާއި ޗެއާމަން އަހުމަދު ޝަފީއު ވެސް އެއާޕޯޓަށް ވަޑައިގެންފައިވެ އެވެ.

އެގާރަވަނަ ސީޕްލޭން ގެނައުމާ ގުޅިގެން، ވީއައިއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުމެއްގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ހާރިސް ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ސީޕްލޭނެއް ވެސް ގެންނަނީ ގެނެގެން ކަމަށާއި، ސީޕްލޭން ފްރީޓް އިތުރު ކުރުމުގެ މަގުސަދަކީ ޓޫރިޒަމް ހަލުވިކަމާއެކު ފުޅާވަމުން ދިއުން ކަމަށެވެ.

"ސީޕްލޭން ފުޅާ ކުރަން ކުރާ މަސައްކަތުން އަންނަ ހަފުތާ އިތުރު ސީޕްލޭނެއް އަދި އަންނާނެ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސީޕްލޭންގެ އިތުރުން އެ ކުންފުނީގެ އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރަންވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން އަންނަ މަހު ޑޭޝް-8 ގެ ބޯޓެއް ގެންނާނެ ކަމަށް ހާރިސް ވިދާޅުވި އެވެ.

މޯލްޑިިވިއަން އިން ސީޕްލޭންތައް ގެންނަމުންދާއިރު އެ ކުންފުނީގެ ދެ ސީޕްލޭން އަކަށް ގާތްގާތުގައި ވަނީ ސީޕްލޭން ތަކަށް ހާދިސާ ތަކެއް ދިމާވެފަ އެވެ.

މިކަމާ ބެހޭ ގޮތުން، މެނޭޖިން ޑިރެކްޓަރު ހާރިސް މިއަދު ވިދާޅުވީ މޯލްޑިވިއަން އިން ހިދުމަތްދެނީ ބައިނަލްއަގުވާމީ ސޭފްޓީ މިންގަނޑުތަކަށް ކަމަށާ، އެ ކުންފުނީގައި ސޭފްޓީ އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސޭފްޓީ މިންގަނޑުތަކުގެ އިތުރުން ރާއްޖޭގެ ސިވިލް އޭވިއޭޝަނުންވެސް ބަލާނެ. އަދި އިޔާއޯ [އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގައިޒޭޝަން] ގެ މިންގަނޑަކަށް ހިދުމަތްދެނީ. ބަރާބަށް އޮޑިޓް ކުރަމުން ދާނެ. އެހެންވެ ސޭފްޓީގައި އެއްވެސް މައްސަލައެއް ނޫޅޭނެ،" ހާރިސް ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ދަނީ އިންޑިޔާ އާއި ޗައިނާ އަދި ތައިލެންޑާއި ބަންގްލަދޭޝްއަށް އުދުހުންތައް ބާއްވަމުންނެވެ.