ވިޔަފާރި

ރާއްޖޭގެ ރިޒާވް ބޮޑުތަނުން ދަށަށް ގޮސްފި

ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު އާއްމު ކުރި މި މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން ޑޮލަރުގެ ރިޒާވް ދަށްވުމުގެ ސަބަބަކީ އެ އޮތޯރިޓީ އަށް ޑޮލަރުން ލިބުނު އާމްދަނީ ދަށްވުމެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 494.4 މިލިއަން ޑޮލަރެވެ. އެއީ މަހުން މަހަށް ބަލާއިރު ފަސް ޕަސެންޓް ދަށް އަދަދެކެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާނަމަ 80.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.