ވިޔަފާރި

ޑެލިފްރާންސުގެ ޕޭސްޓްރީގެ މީރު ރަހަތައް ރާއްޖެއަށް

"ޑެލިފްރާންސް" ގެ ރަހަތައް ރާއްޖޭން ބޭރަށް ދަތުރުކުރާ ގިނަ މީހުންނަށް އެނގޭނެ އެވެ. ގިނަ މީހުން މި ބްރޭންޑުގެ ޕޭސްޓްރީގެ ރަހަތައް ހުންނާނީ ބަލައިފަ އެވެ. ނަމަވެސް މިހާތަނަށް ޑެލިފްރާންސުގެ ރަހަތައް ރާއްޖޭން ލިބޭނެ ގޮތެއް އޮތީ ނުވެފަ އެވެ. ނަމަވެސް ވީއެޗްހޯލްޑިންގްސް އިން މިވަނީ މި ބްރޭންޑުގެ ޕޭސްޓްރީގެ ރޭންޖް ރާއްޖެ އަށް ގެނެސްދީފަ އެވެ.

"މި ޕޭސްޓްރީއަކީ ދުނިޔޭގެ އެކި ހިސާބުގައި އެންމެ މަގުބޫލު އެއް ޕޭސްޓްރީ ބްރޭންޑް. ހާއްސަކޮށް ބޮޑެތި ބްރޭންޑްތަކުގައި ވެސް ބޭނުން ކުރާނެ މި އުފެއްދުންތައް،" ޑެލިފްރާންސްގެ ރާއްޖޭގެ އިމްޕޯޓް ޕާޓްނަރު ވީއެޗްހޯލްޑިންގްސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޔޫމާން ސައީދު ވިދާޅުވި އެވެ.

ވީއެޗްހޯލްޑިންސް އިން މި އުފެއްދުން ރާއްޖެ ގެނައުމާއެކު އެ ކުންފުނިން ހިންގާ މޫވްއެންޕިކުން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ. އެ ކުންފުނިން މި ބްރޭންޑް ރާއްޖެ ގެނެސްފައިވަނީ މީގެ ފުލްރޭންޖް ރާއްޖޭގެ އެކި ހިސާބުތަކަށް ސަޕްލައިކޮށް މާކެޓު ކުރުމުގެ ފުރިހަމަ ރައިޓްސް ހޯދައިގެންނެވެ. މިގޮތުން އެ ކުންފުނިން ގެނެސްދީފައިވާ ޑެލިފްރާންސުގެ ބާވަތްތަކުގެ ތެރޭގައި ކްރޮސޯން އާއި ބާގަ ބަން އަދި ސޭންޑްވިޗް ބްރެޑްގެ އިތުރުން އެކި ރަހަތަކުގެ މަފިން ހިމެނެ އެވެ. މީގެ އިތުރުން ހާއްސަކޮށް ސިއްހަތަށް ބަލައިގެން އުޅޭ މީހުންނަށް ހާއްސަ ބްރައުން ބްރެޑްގެ ތަފާތްތައް މި ރޭންޖުގައި ހިމެނެ އެވެ.

ޑެލީފްރާންސުގެ ބައެއް ރަހަތައް

- އެކި ރަހަތަކުގެ މަފިން
- އެކި ރަހަތަކުގެ ކްރޮސޯންޓް
- ލާވާ ކޭކްސް
- ބްރައުން ބްރެޑްގެ މީރު ރަހަތައް

ޑެލީފްރާންސްއަކީ ފްރާންސުގައި އެއްވަނަ ބޭކަރީ ބްރޭންޑެވެ. "އިންސްޕަޔަޑް ބޭކަރީ" ގެ ނަމުގައި ދުނިޔެ އަށް މަގުބޫލުވެފައިވާ މި ބްރޭންޑުން އުފައްދާ މަފިން ފަދަ އެއްޗިއްސަކީ ސްޓާބަކްސް ފަދަ ތަންތަނުގައި ވެސް އެންމެ ހިނގާ އެއް ބާވަތްތަކެވެ. ޕޭސްޓްރީއަކީ ހޫނުކޮށްލައިގެން ބޭނުން ކޮށްލެވޭ ގޮތަށް އުފައްދާފައިވާ ބާވަތް ތަކެކެވެ.

ނަވާރަސަތޭކަ ނަވާރަ އަހަރު އެވެ. ނަމަވެސް ޑެލީފްރާންސުގެ ފްރޯޒަން ޕޭސްޓްރީ ބްރޭންޑު ދުނިޔެ އަށް ނުކުމެފައިވަނީ 1970 ގެ އަހަރުތަކުގަ އެވެ. މިއާއެކު މި ބްރޭންޑް ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެތަށް ބައެއްގެ ލޯބި ލިބިފައިވާ ބްރޭންޑަކަށެވެ. މި ބްރޭންޑް ދުނިޔޭގެ 50 ގައުމެއްގައި ލިބެން ހުރެ އެވެ.

ޑެލިފްރާންސް ކުރުކޮށް

- ބްރޭންޑް އުފަންވީ 1919 ގައި
- ދުނިޔޭގެ 50 ގައުމެއްގައި ފޯރުކޮށްދޭ
- މަޝްހޫރު ބްރޭންޑްތަކުގެ އިތުބާރު ލިބިފައިވޭ
- ފްރޯޒަން ޕޭސްޓްރީ ބްރޭންޑެއް

ވީއެޗްހޯލްޑިންގްސްއިން ޑެލީފްރާންސް ގެނައިއިރު، އެ ކުންފުނީގެ ވިޔަފާރި ފުޅާކޮށް އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްފައިވަނީ މަޝްހޫރު އައިސްކްރީމް ބްރޭންޑް މޫވްއެންޕިކް އެވެ.

ޑެލިފްރާންސް ޕޭސްޓްރީ ވީޑިއޯއެއް--