chattelegramwhatsappviber google-plus twitter facebook

ލައިފްސްޓައިލް

އިހަވަންދޫ ޒުވާނުން ގޮވައިގެން ކައުންސިލް ދަތުރު ދަނީ!

އިހަވަންދޫ ކައުންސިލްގެ ރައީސް، އެ ރަށުގެ ބައެއް ޒުވާނުންނާއެކު --

ކޮންމެ ރަށެއްގެ ކައުންސިލަކީ ވެސް އެ ރަށެއްގެ ތަރައްގީއަށާއި އިޖުތިމާއީ ގުޅުންތައް ބަދަހި ކުރުމަށް ގާނޫނީ ގޮތުން އުފައްދާފައިވާ ތަންތަނެވެ. ކައުންސިލްތަކުގެ އެންމެ ބޮޑު އެއް ދައުރަކަށް ރަށުގެ ރައްޔިތުންގެ ހިތްހަމަޖެހުމާއި ރަހުމަތްތެރިކަން ހަދަންޖެހެ އެވެ. ޒުވާނުންގެ ހިތް އުފާ ކޮށްދޭންޖެހެ އެވެ. އެފަދަ ކައުންސިލްތަކުގެ ކުރީ ސަފަށް ހއ. އިހަވަންދޫ ކައުންސިލް އާދެ އެވެ.

އިހަވަންދޫގެ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަން އިތުރު ކުރަން އެ ރަށު ކައުންސިލުން ވަނީ ހާއްސަ ހަރަކާތެއް ހިންގަން ނިންމާފަ އެވެ. އިހަވަންދޫ ކައުންސިލުން "ޒުވާނުންގެ ބޮޑު ދަތުރު" ގެ ނަމުގައި ރަށުގެ ޒުވާނުން ގޮވައިގެން ޕިކްނިކް ދަނީ އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ރާވާފައިވާ ދަތުރުގެ މަގުސަދަކީ ބައިބައިވުމާއި ދެކޮޅުވެރިކަމާއި ފިތުނަވެރިކަމަށް އޮތް ޖާގަތައް ނައްތާލައި ރަހުމަތްތެރިކަމާއި އަހުވަންތަކަން އާލާ ކުރުމެވެ. މި ދަތުރު މީގެ ފަހުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާނެ އެވެ.

މިގޮތުން ބާއްވާ ފުރަތަމަ ޕިކްނިކް، މި މަހުގެ 13 ވަނަ ދުވަހު ފަށާނެ އެވެ. ޒުވާނުން ގޮވައިގެން ޕިކްނިކް ދާން ކައުންސިލުން ނިންމާފައިވަނީ، ހއ. ހުވަހަންދޫއަށެވެ. މި ޕިކްނިކްގައި އިހަވަންދޫގެ 15 އަހަރުން މަތީ ހުރިހާ ޒުވާނުންނަށް ވެސް ބައިވެރިވެވޭނެ އެވެ. ދާން ބޭނުންވާ ޒުވާނުން ނަން ނޯޓުކުރުމަށް ކައުންސިލުން މިހާރު ވަނީ ހުޅުވާލާފަ އެވެ.

މިފަދަ ދަތުރެއް ޒުވާނުންނަށް ހަމަޖައްސައިދިނުމަކީ މިހާރު އޮތް ކައުންސިލަރުންގެ މެނިފެސްޓޯގައި ލިޔެފައިވާ ވައުދެކެވެ. އިހަވަންދޫ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ ފަސް ކައުންސިލަރުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
 • އިގުބާލު / އަތޮޅޭ

  މި ލައިގަންނަނީ އަނެއްކަންތައް. ކައުންސިލުން ކީއްކިުރަންތަ ދަތުރު ދާންވީ ކައުންސިލްގެ މެންޑޭޓްގައި ހިމެނޭ ކަންކަން ކޮށް މަޝްރޫއުތައް ރާވައިގެން ކުރިޔަށް ދެވޭތޯ އުޅެންވީނު އަދިވެސް ދަތުރުދޯ ދާންވީ ކަލޭމެން

  8
  14
  CLOSE
 • ރޯނު އެދުރު

  ކަލޭ ކައުނސިލް ކަމުގަ އަބަދު މަޝްރޫއތައް ކުރިއަށް ގެންދެބަލަ.. މީ ރަށުގެ ޒުވާނުންގެ ބަދަހި ގުޅުމަކަށް ކުރާކަމެއް.. އަބަދު ފުޓްސަލް އާއ ފުޓްބޯޅައަށްވުރެން ރަނގަޅުވާނެ

  17
  3
  CLOSE
 • ކެހިވެރި

  އޭރުންތަ ރައްޔިތުންގެ މާލިއްޔަތު ހުސްވާނީ.

  3
  9
  CLOSE

ފަހުގެ ޚަބަރު