ވިޔަފާރި

ރާއްޖޭން ވިއްކި ބޮންޑަށް ބޭރުގެ އެވޯޑެއް

ރާއްޖެ އިން މިދިޔަ އަހަރު އިންޓަނޭޝަނަލް މާކެޓަށް ވިއްކި ބޮންޑަށް، ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

ސިންގަޕޫރުގެ ހިއްސާގެ ބާޒާރު މެދުވެރިކޮށް ވިއްކި 200 މިލިއަން ޑޮލަރުގެ ބޮންޑަށް އެވޯޑެއް ދީފައިވަނީ އޭޝިޔާގެ މާލީ ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ "ދި އެސެޓް" މަޖައްލާއިންނެވެ

އެންމެ ރަނގަޅު ވިޔަފާރީގެ ޑީލް ނުވަތަ "ބެސްޓް ޑީލް" ގެ އެވޯޑު ބޮންޑަށް ލިބުނުއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިފަދަ ބޮންޑެއް ބޭރަށް އިޝޫކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭން މި ބޮންޑް ވިއްކާފައިވަނީ މިދިުަ އަހަރުގެ މެއި މަހު އެވެ.

ރާއްޖޭން މި ބޮންޑް އިޝޫ ކުރަން ހުޅުވާލުމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ދެގުނަ އަށް އޯވަ ސަބްސްކްރައިބް ވެގެންދިޔަ އެވެ. އަދި އިންވެސްޓަރުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބުނެވެ. މިގޮތުން ބޮންޑް ގަތުމަށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދަކަށް އިންވެސްޓަރުން ހުށަހެޅުންތައް އެވެ. މިއީ 200 މިލިއަން އެމެރިކާ ޑޮލަރުގެ ފަސް އަހަރު ދުވަހުގެ މެޗޫރިޓީ ބޮންޑެކެވެ.