ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް އިސްތިއުފާ ދެއްވި ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
އާދަވެ ގިނަ ވާހަކަތަކެއް ޓްވިޓާ މެދުވެރިކޮށް ދައްކަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމަށް އަރީފް ދެކޮޅު ހެއްދެވުމުން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެކަން ދޮގުކޮށް ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވީ، ސީޕީ އަރީފް މިވަގުތު ވެސް ހުންނެވީ މަގާމުގަ ކަމާށާއި އަދި ފުލުހުންގެ ހިދުމަތުގަ ކަމަށެވެ.
ސީޕީ އަރީފް މަގާމުން ވަކިކުރި ކަމުގެ އަޑުތައް ފެތުރުނުއިރު ފާރިސް ހައްޔަރުކުރާ އަޑު ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް އެކަމަށް ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.