ހަބަރު

ސީޕީ މަގާމުން ދުރުކޮށްފި

ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މަގާމުން ވަކި ކުރަން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.

ސަރުކާރުގެ ފަރާތުން ބަނޑޭރި ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރައީސް ޔާމީން މިރޭ އަރީފްއާ ގުޅުއްވުމަށް އެކި ފަހަރުގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަރީފްގެ މިހާތަނަށް ވެސް އަރީފްގެ ފޯނަށް ގުޅޭ ގޮތް ނުވުމުން، ގާނޫނުން ރައިސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސީޕީގެ މަގާމުން އަރީފް ވަކި ކުރަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

އަނިލް އިތުރަށް ވިދާޅުވީ ރައީސްގެ އެ ނިންމުމާ ގުޅިގެން ދެން ފުލުހުންގެ އިދާރާއާ އިސްކޮށް ހަވާލުވާނީ ޑެޕިއުޓީ ކޮމިޝަނަރު ކަން އަދާކުރަމުން އަންނަ ސައުދީ ކަމަށެވެ.

ސީޕީ މަގާމުން ވަކިކޮށްފައިވަނީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ސީޕީ އަމުރު ތަންފީޒުކުރަން ފެށި ފަހުންނެވެ.