ފުވައްމުލައް

ފުވައްމުލަކު އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ޏ. ފުވައްމުލަކުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އެރަށު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ. އެ އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 74 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ އިދާރާއިން ބުނީ، މިއަދު 11:25 އެހާކަންހާއިރު ފުވައްމުލަކުގައި ކާރަކާއި ބައިސްކަލެއްޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ފުވައްމުލަކުން "އަވަސް" އަށް މައުލޫމާތު ދިން މީހަކު ބުނީ އެކްސިޑެންޓްގައި މަރުވެފައިވަނީ އެރަށު ދޫނޑިގަން، ރީކޯ، އަބްދުއްރަހީމް 74، ކަމަށެވެ. އެކްސިޑެންޓްވީ އެ މީހާ އިނީ ބައިސްކަލެއްގަ އެވެ.