ވިޔަފާރި

ގެދޮރު އަގުހެޔޮ ލޯނު ދެވަނަ ފަހަރަށް ދޫކުރަނީ

"ގެދޮރު އަގު ހެޔޮ ލޯނު ސްކީމް" ދެވަނަ ފަހަރަށް ލޯނު ދޫކުރަން ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.

ގެދޮރު އަގު ހެޔޮ ލޯނު ސްކީމް ދޫކުރަނީ ބޭންކްތަކާއި ލޯނު ދޫކުރާ ފައިނޭޝަނަލް އިންސްޓިއުޓްތަކުންނެވެ. އަދި މި ސްކީމުގައި ކޮންމެ މެންބަރު އިދާރާއަކުން ވެސް އެ ފަރާތައް ލޯނާއި ދަރަނީގެ ގޮތުގައި ލިބެން ޖެހޭ ޖުމުލަ ފައިސާގެ ތެރެއިން މަދުވެގެން 10 ޕަސެންޓް ސްކީމަށް ލޯނުގެ ގޮތުގައި ދޫކުރަން ޖެހެ އެވެ.

ޑައުންޕޭމަންޓާއި އިންޓްރެސްޓް

* ޑައުން ޕޭމަންޓް 20 ޕަސެންޓްނަމަ، އިންޓްރެސްޓް ރޭޓް 5 ޕަސެންޓް
* ޑައުން ޕޭމަންޓް 10 ޕަސެންޓުނަމަ، އިންޓްރެސްޓް ރޭޓް 5.5 ޕަސެންޓް
* ޑައުންޕޭމަންޓް ފަސް ޕަސެންޓުނަމަ، އިންޓްރެސްޓް ރޭޓް 6 ޕަސެންޓް

މި ސްކީމް ފަރުމާކޮށްފައިވަނީ ލޯނުގެ އިކްއިޓީ ނުވަތަ ޑައުންޕޭމަންޓުގެ އަދަދު މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ދަށުން ނުވަތަ އޮތޯރިޓީން ގާއިމްކޮށްފައިވާ ސްކީމެއްގެ ދަށުން، ގެރެންޓީ ދޭނަމަ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ އިންވެސްޓްކޮށްފައިވާ ކަމަށް ބަލައި ލޯނު ނެގެ އެވެ.

އަދި މި ސްކީމް ފަރުމާކޮށްފައިވަނީ ލޯނުގެ ފުރަތަމަ 10 އަހަރު ތެރޭގައި ރޭޓް އިތުރު ނުކުރެވޭ ގޮތަށެވެ. އަދި މި ލޯނު ދޫކުރާނީ 25 އަހަރުގެ މުއްދަތަށެވެ. މި ލޯނު ސްކީމުން ދޫކުރަނީ އެއް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާގެ ލޯނުތަކެވެ. މި ލޯނު ސްކީމު ތައާރަފު ކުރުމުން ދެ މިލިއަން ރުފިޔާގެ ލޯނަކަށް ގާތްގަނޑަކަށް މަހަކު ދައްކަން ޖެހޭނީ 12،000ރ. ވަރެވެ.

ގާކޮށްޓާއި އަރަބިއްޔާގައި ޓާޓާ ކުންފުނީގައި ހަދާފައިވާ ފްލެޓު ލޯނަށް ކުރިމަތިލާން ހުޅުވައިލިއިރު، މި ފްލެޓްތައް ވިއްކަން ފަށަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހުޅުވާލާފަ އެވެ.