ރައްޔިތުންގެ މަޖިލިސް

އަލީ ހުސެއިން މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި

Feb 18, 2018

ރައްޔިތުން މަޖިލީހުގެ މެންބަރު އަލީ ހުސެއިން މިރޭ ޕޮލިހަށް ހާޒިރުވާން އަންގައިފި އެވެ.

އަލީ ހުސެއިން ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 10:00 އަށެވެ. އަލީ ހުސެއިންް ޕޮލިހަށް ހާޒިރު ކުރަނީ ހަމަ ނުޖެހުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ވެސް އަލީ ހުސެއިން ވަނީ ހައްޔަރުވެސް ކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަޖީދީ މަގުގައި ހުންނަވަނިކޮށެވެ.

އަލީ ހުސައިން ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވަނީ އިއްޔެ އާއި މިދިޔަ ހުކުރު ދުވަހު ވެސް ފުލުހަށް ހާޒިރުކޮށްފަ އެވެ. އޭނާ ފުލުހަށް ހާޒިރުކޮށްފައިވަނީ އެކި ތުހުމަތު ތުކުގަ އެވެ.

އެކެއް ފެބްރުއަރީ އަމުރު ތަމްފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކުގައި އިދިކޮޅު މަޖިލިސް މެންބަރުން ވަނީ މީގެ ކުރިންވެސް ހައްޔަރު ކޮށްފަ އެވެ. ނަމަވެސް މުޒާހަރާއިން ހައްޔަރު ކުރި އެއްވެސް މެންބަރަކު ބަންދުގައި ބަހައްޓާފައެއް ނުވެ އެވެ.