މޯލްޑިވްސް ޕޮލިސް ސާވިސް

އަމީތު އާއި އަބްޅޯ ދޫކޮށްލައިފި

Feb 23, 2018
1

މިއަދު ހަވީރު ހައްޔަރު ކުރި މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ދޫކޮށްލައިފި އެވެ.

އެ ދެ މެމްބަރުން ހައްޔަރު ކޮށްފައިވަނީ މިއަދު ހަވީރު އެވެ.

ހައްޔަރުކުރީ އިދިކޮޅު މުޒާހަރާއެއްގެ ތެރެއިންނެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަނީ 1 ފެބުރުއަރީގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލަ އެވެ. ފުލުހުން ވަނީ މިއަދުގެ އެ އެއްވުމަށް ހުރަސް އަޅައި މުޒާހަރާ ހުއްޓުވާފަ އެވެ.

އަމީތު އާއި އަބްޅޯ މިނިވަން ކުރި ނަމަވެސް ރޭ ހައްޔަރު ކުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް އަދި މިނިވަނެއް ނުކުރެ އެވެ.