ހަބަރު

ރައީސް ޔާމީނަށް ކާފަ ދަރިކަލަކު ލިބިވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ފުރަތަމަ ކާފަ ދަރިކަލުން ލިބިވަޑައިގެންފި އެވެ.

ރައީސް ޔާމީންގެ ހަމައެކަނި އަންހެން ދަރިކަނބަލުން ޣާދާ އަބްދުﷲ ޔާމީނަށް ފިރިހެން ބޭފުޅަކު މިއަދު ހަވީރު ވަނީ ލިބިވަޑައިގެންފަ އެވެ. ޣާދަށް ބޭފުޅަކު ލިބި ވަޑައިގެންނެވީ ތައިލެންޑްގަ އެވެ.

ރައީސް ޔާމީން މި ވަގުތު މާލޭގައި ހުންނެވި ނަމަވެސް އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ ތައިލެންޑަށް ފުރާވަޑައިގެންފައެވެ.

ރައީސް ޔާމީނަށް ފުރަތަމަ ކާފަ ދަރިކަލުން ލިބިވަޑައިގެންނެވިއިރު އެމަނިކުފާނުގެ ތިއްބަވަނީ ދަރިކަނބަލަކާއި ދެ ދަރިކަލުންނެވެ. ދޮށީ ދަރިކަލުން ވަނީ ވަރަށް ފަހުން ކައިވެންޏަށް ބައްލަވައިގެންފަ އެވެ.