ހަބަރު

ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

ހައިކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމަށް އަލްއުސްތާޒާ މަރްޔަމް ހޫރުޝީދާ ހަމަޖައްސަވައިފި އެވެ. ހޫރުޝީދާ 2011 ވަނަ އަހަރުން ފެށިގެން ހުންނެވީ ހައިކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރު ކަމުގެ މަގާމުގައެވެ.

ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުގައި އެންމެފަހުން ހުންނެވި ހަސަން އަލީ މިދިޔަ އަހަރުގެ އޭޕްރީލް މަހު މަގާމުން ދުރު ކޮށްފައިވަނީ ކުއްލި ގޮތަކަށެވެ. ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމަށްފަހު އާސަންދަ ކުންފުނީގެ އެމްޑީކަން އޭނާ ކުރައްވާފައިވެ އެވެ.

ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުން ހަސަން އަލީ ކުއްލި ގޮތަކަށް ވަކި ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. އޭނާގެ އެ މަގާމުން ވަކިކުރި ފަހުން ރަޖިސްޓްރާގެ މަގާމުތަކުގައި ވަގުތީ ގޮތުން ހަވާލުވީ، ހޫރުޝީދާ އެވެ.

އޭޕްރީލް މަހުން ފެށިގެން ރަޖިސްޓްރާއެއް ހޯދުމަށް ހައިކޯޓުން މަސައްކަތް ނުކޮށް އޮތް ސަބަބު ހައިކޯޓުން ހާމަކޮށްފައެއް ނުވެ އެވެ. ރަޖިސްޓްރާއަކު ހޯދަން ހައިކޯޓުން އިއުލާންކުރީ މިދިޔަ މަހުގެ އަށްވަނަ ދުވަހު އެވެ.