މޯލްޑިވްސް ޕޮލިސް ސާވިސް

އެއްވާ ސަރަހައްދުން މިރުސް ފެން ޕެކެޓްތަކެއް!

Mar 14, 2018
10

އިދިކޮޅު ފަރާތްތަކުގެ މިރޭ އެއްވަން މަސައްކަތް ކުރާ ސަރަހައްދުން 100 އަށްވުރެ ގިނަ މިރުސް ފެން ޕެކެޓް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ކުރި ޓްވިޓެއްގައި ބުނީ އިިދިކޮޅު ފަރާތްތައް އެއްވަން މަސައްކަތް ކުރާ ސަރަހައްދުން ހިފަހައްޓާފައި ވަނީ 105 މިރުސް ފެން ޕެކެޓް ކަމަށާއި އެތަކެއްޗަކީ ފުލުހުންނާ ދެކޮޅަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ ތަކެތި ކަމަށެވެ.

އެކަމަކު އެ މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ފުލުހުން މިރޭ ކުރި ޓްވީޓު

މިރުސް ފެން ޕެކެޓުތަކެއް ހޯދާފައިވާ އިރު އިދިކޮޅު ފަރާތްތަކުން ވަނީ އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަނެ ކަމަށް އިއުލާންކޮށްފަ އެވެ.

ނަމަވެސް އެއީ ސަރުކާރު ވައްޓާލައި ގައުމުގެ އަމަންއަމާންކަން ނަގާލުމަށް ބާއްވާ އެއްވުމެއް ކަމަށާއި އެކަން ހުއްޓުވާނެ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. އަދި އެ އެއްވުމަށް މީހުން އުފުލާ މަސްދޯނި ފަހަރުގެ ލައިސަންސް ހިފަހައްޓާނެ ކަމުގެ އިންޒާރު ވެސް ފިޝަރީޒުން މިއަދު ވަނީ ދީފައެވެ.