ރައީސް މުހައްމަދު ނަޝީދު

ފުލުސް ޔުނިފޯމުގައި ގޭންގުތައް ނެރުނު ކަމަށް ނަޝީދު ތުހުމަތުކޮށްފި

ފުލުހުންގެ ޔުނީފޯމުގައި ގޭންގުތަކަށް ނިސްބަތްވާ ބަޔަކު ނެރެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޔުނިފޯމުގައި ގޭންގުތަކުގެ 45 މީހުން ނެރެފައިވާ ކަމަށާއި އެކަމުގައި އިސްކޮށް ހުންނެވީ ކުރީގެ ސީޕީ ހުސެއިން ވަހީދު ކަމަށެވެ. އަދި އެމްއެންޑީއެފް އާއި ފުލުހުން ރައްޔިތުންގެ ދިފާއުގައި ނުކުތުމަށް ރައީސް ނަޝީދު ގޮވާލި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓު

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، މުޒާހަރާ ހުއްޓުވުމަށް ރަޔަޓު ގިޔަރުގައި ތިބި ފުލުހުން މިރޭ ނުކުމެފައި ވަނީ މާސްކު އަޅައިގެނެވެ. އަދި މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.