ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫ ހައްޔަރުކޮށް ދޫނިދޫއަށް

Mar 17, 2018

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހައްޔަރުކޮށްފި އެވެ.

އެމްޑީޕީން ބުނެފައި ވަނީ އިބޫ ހައްޔަރުކޮށްފައި ވަނީ ރޭގަ އެވެ. އަދި އެނާ މިހާރު ހުންނެވީ ތަހުގީގު ޖަލު، ދޫނިދޫގަ އެވެ. އޭނާ ހައްޔަރު ކޮށްފައިވާއިރު އޭނާ ވަނީ ރޭ އޮތް މުޒާހަރާގެ ބައެއް ބައިވެރިންނާއެކު ގްރީން ޒޯންގައި ހިމެނޭ ޖުމްހޫރީ މައިދާނަށް ވަދެ ވަޑައިގަންނަވަން މަސައްކަތް ކުރައްވާފަ އެވެ. އޭނާ ހައްޔަރު ކުރީ އެކަމާ ގުޅުވައިގެން ކަމަށް ވެއެވެ. ފުލުން އެކަމާ އަދި އެއްޗެއް ނުބުނެ އެވެ.

ސިޔާސީ ކަންކަމުގައި މަޑުމައިތިރި އުސޫލުތަކެއް ގެންގުޅުއްވާ އިބޫ ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔައިރު ރޭގެ މުޒާހަރާގައި އެހެން ބައެއް މީހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ނޫސްވެރިންތަކެއް ވެސް ހިމެނެ އެވެ.