މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލޭގައި އެކްސިޑެންޓްވި މީހާ މަރުވެއްްޖެ

Mar 20, 2018

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކު މަރުވެއްޖެ އެވެ. އޭނާ މަރުވީ އެކްސިޑެންޓަށްފަހު ހާލު ސީރިއަސްވެ މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު އެވެ. މަރުވެފައިވަނީ ޏ. ފުވައްމުލަކު، 32 އަހަރުގެ މީހެއް ކަމަށްވާ އެ ރަށު، ރަންބަގީޗާގޭ ހަސަން މުހައްމަދު ދީދީ އެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ޕާކް ކޮށްފައިއޮތް ޕިކަޕެއްގައި ސައިކަލެއް ޖެހިގެނެވެ. ރޭ 9:30 އެހާއިރު ހިނގި އެކްސިޑެންޓަށްފަހު އެނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް އެވެ. އޭނާ މަރުވީ ލިބުނު ޒަހަމްތަކުގައި ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ވެއެވެ.

ފަހަކަށް އައިސް މާލޭގައި އެކްސިޑެންޓްތައް މަދު އިރު ހުޅުމާލޭގައި ބޮޑެތި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަ އެވެ.