ހަބަރު

ޑައުން ސިންޑްރޯމް ކުދިންގެ ސްޕީޗް ތެރަޕިސްޓް އެސްޓީއޯއިން ސްޕޮންސާ ކޮށްފި

May 18, 2015

ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް ކުދިންގެ ސްޕީޗް ތެރަޕިސްޓް އެސްޓީއޯގެ ފަރާތުން ސްޕޮންސާ ކޮށްފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސްޕޮންސާ ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ފަރާތުން ހަވާލުވީ އެ އެސޯސިއޭޝަންގެ ފައުންޑާ އައިޝަތު ޝިފާ އެވެ. އަދި އެސްޓީއޯގެ ފަރާތުން މި ސްޕޮންސާ ހަވާލު ކޮށްދިނީ ހަވާލް ކޮށްދެއްވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަޙްމަދު ޝަހީރެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެސްޓީއޯގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ބިއުޓިފުލް އައިސް އަށް މީގެ ކުރިން ވެސް ވަރަށް ގިނަ އެހީވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސީއެސްއާރް ޕްރޮގްރާމުގެ ދަށުން ވަކި ބަޖެޓެއް ކަނޑަ އެޅުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ފައުންޑާ އައިޝަތު ޝިފާ ވިދާޅުވީ ސްޕީޗް ޑިލޭގެ ސަބަބުން ޑައުން ސިންޑްރޯމް ކުދިންނަށް އެކުދިންގެ އެހެނިހެން ހުނަރުތައް ކުރިއެރުމަށް ބުރޫ އަރާފައިވާ ކަމަށާއި، ސްޕީޗް ތެރަޕިސްޓެއް ސްޕޮންސާ ކުރުމަކީ މިވަގުތު ބިއުޓިފުލް އައިސްގައި ތިބި ކުދިންނަށް ވެވެން އޮތް އެންމެ ބޮޑު އެއް އެހީ ކަމަށެވެ.