ތެލުގެ އަގު

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯ އިން ޑީސަލް ލީޓަރަކުން 14 ލާރި، އަދި ޕެޓްރޯލް ލިޓަރަކުން 35ލ. ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން މިއަދު ބުނީ ޑީސަލް ލީޓަރަކުން 14 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 35 ލާރި ބޮޑު ކުރުމުން ޑީސަލް ލީޓަރެއް ވިއްކާނީ 11.13 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.77 ރުފިޔާއަށް ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނައީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތީ އެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެ ފަހަރަކު ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ހެޔޮކުރި އެވެ. މި ބަދަލާއެކު ޑީސަލް ލީޓަރެއް ވިއްކަމުން ގެންދިޔައީ 10.21 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކީ 10.11 ރުފިޔާ އަށެވެ.

ރާއްޖޭގައި ތެލުގެ އަގު ބޮޑު ކުރިއިރު، ސާފު ނުކުރާ ތެޔޮ ފީފާއެއް ދުނިޔޭގެ ބާޒާރުގައި ވިއްކަނީ 79.80 ޑޮލަރަށެވެ.