ވިޔަފާރި

ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފި

ސައިކަލަކަށް ޕެޓްރޯލް އަޅަނީ: ޑީސަލްގެ އަގު މިއަދު ވަނީ ބޮޑުކޮށްފައި
0%
0%
0%

އެސްޓީއޯ އިން ރާއްޖޭގެ ބާޒާރުގައި ވިއްކާ ޑީސަލް ލިޓަރަކުން 90ލ. ބޮޑުކޮށްފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި، އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޑީސަލް ވިއްކާ އަގު ބޮޑުކުރަން އެސްޓީއޯ އިން ނިންމާފައިވާ ކަމަށެވެ. މިގޮތުން، މިމަހުން ފެށިގެން ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ޑީސަލްގެ އަގަށް ގެނައި މި ބަދަލާއެކު ޑީސަލް ލީޓަރެއް ވިއްކަމުން ގެންދާނީ 10.89ރ އަށެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަަގަށް ބަދަލު ގެނައީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ ޑީސަލް ލިޓަރަކުން ދެ ރުފިޔާ އަދި ޕެޓްރޯލް ލިޓަރަކުން އެއް ރުފިޔާ ހެޔޮކޮށްފަ އެވެ. އަގަށް މި ގެނައި ބަދަލާއެކު މިއަދާ ހަަމައަށް މީގެ ފަހުން ޑީސަލް ލިޓަރެއް 9.99ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކީ 10.19ރ. އަށް ކަމަށެވެ.

މި ދިޔަ މަހު ތެލުގެ އަގަށް ގެނައި ބަދަލަކީ، އެސްޓީއޯއިން މި ފަހުގެ ތާރީހުގައި ތެލުގެ އަގު އެންމެ ބޮޑަށް ހެޔޮ ކުރި ފަހަރެވެ. އަދި އެއީ މި އަހަރު ތެލުގެ އަގަށް ގެނައި ފުރަތަމަ ބަދަލެވެ.

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލު ގެނައިއިރު، ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 52 ޑޮލަރުގަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345