ހަބަރު

މޯލްޑިވިއަންގެ މަތިންދާބޯޓެއްގެ ކްރޫއަކަށް އިންޒާރުދިން މައްސަލައެއް ބަލަނީ

މާލޭން ލ. ކައްދޫއަށް މިރޭ ދަތުރުކުރި މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި ތިބި ފަސް މީހަކު އެބޯޓުގެ ކެބިން ކްރޫއަކާ ހުތުރު ބަހުން މުއާމަލާތްކޮން އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަވަސް އަށް މިރޭ ވިދާޅުވީ މާލެ-ކައްދޫ-ކޫއްޑޫ ފްލައިޓުގައި މިރޭ ފަސްމީހަކުވެގެން ކްރޫއަކާ ހުތުރުބަހުން މުއާމަލާތްކޮށް އިންޒާރުދިން ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުންނަށް މިރޭ ހުށަހަޅާފައިވާ ކަމަށެވެ. އަދި ބުނީ އެ ތުހުމަތާ ގުޅިގެން ފަސްމީހުންވެސް މިހާރު ތިބީ ކައްދޫ ޕޮލިސް ސްޓޭޝަންގައި ތިއްބަވާ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް އެހާދިސާ އާ ބެހޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

ހާދިސާއާ ބެހޭ ތަފުސީލެއް މޯލްޑިވިއަން އިން ވެސް އަދި ހާމައެއް ނުކުރެއެވެ.