ހަބަރު

ވިންޓާ ޕާކް ކުއްޔަށް ދޫކުރަން ނިންމައިފި

ރަސްރަނި ބަގީޗާގައި ތަރައްގީ ކޮށްފައިވާ ވިންޓާ މިއަދު ހަވީރު އާންމުންނަށް ވަދެވޭގޮތަށް ހުޅުވާލާއިރު
އެ ޕާކް، އަމިއްލަ ފަރާތްތަކަށާއި އިވެންޓް ތަކަށް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.

ޕާކް ހުޅުވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިންޓަ ޕާކް ޕްރޮޖެކްޓް ކޮންސަލްޓަންޓް އެޗްއާރްސީގެ ސީއޯއޯ އާމިނަތު ސޫޒަން ވިދާޅުވީ، އާންމު އިވެންޓް ތަކަށާއި އަމިއްލަ ފަރާތްތަކަށް ޕާކް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ކުއްޔަށް ދޫކުރާ ކޮންމެ ގަޑިއިރަކަށް 10،000 ރުފިޔާ ޗާޖު ކުރާނެ ކަމަށް ސޫޒަން ވިދާޅުވި އެވެ.

"އަމިއްލަ ފަރާތަތްކަށްވެސް އެއް ގަޑިއިރަށް ޕާކް ބުކް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އޮންނާނެ، އެގޮތަށް ކުއްޔަށް ދޫކުރާއިރު ހެދުމާ ހުރިހާއެއްޗަކާ އެކު ދޫކުރާނީ،" ސޫޒަން ވިދާޅުވި އެވެ.

އައިސް ސްކޭޓް ޕާކަކާވެސް އެކު ތަރައްގީ ކޮށްފައިވާ އެ ޕާކުގައި ވަރަށް އަވަހަށް ހޮކީ ކްލާސްތަކެއް ވެސް ހިންގަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް އެޗްއާރްސީ އިން ބުންޏެވެ.