ޖަލުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ގޭ ބަންދަށް މިއަދު ބަދަލުކޮށްފި އެވެ. އިމްރާން މީގެ ކުރިން ވެސް ހުންނެވީ ގޭ ބަންދުގައި ނަމަވެސް، ފެބުރުއަރީ އެކެއްގެ އަމުރަށް ފަހު ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށް އޭނާ ވެސް ޖަލަށް ބަދަލު ކުރި އެވެ.
އިމްރާން އަނެއްކާ ވެސް ގެއަށް ބަދަލު ކުރީ، މިއަދުގެ ވަގުތެއްގައި ކަމަށް އަދާލަތު ޕާޓީގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދީފަ އެވެ. އިމްރާން ޖަލަށް ލާފައި ވަނީ މޭޑޭ މުޒާހަރާގައި ދެއްކި ވާހަކައެއްގެ ސަބަބުން ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެވެ.
ކަރެޝަންސް އިން ބުނީ، އިމްރާން ގޭ ބަންދަށް ބަދަލު ކުރީ އޭނާ ހުރި ގޮޅި މަރާމާތު ކުރުމަށް ޓަކައި ކަމަށާއި ގޮޅީގެ މަރާމާތުތައް ނިމުނުހާ އަވަހަކަށް އިމްރާން އަލުން ޖަލަށް ބަދަލު ކުރާނެ ކަމަށެވެ. އިމްރާން އެންމެ ފަހުން ގެއަށް ބަދަލުކުރީ، 1 އޮކްޓޯބަރު 2017ގަ އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެގެން އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުންހެން ތިބީ ޖަލުގަ އެވެ.