ވިޔަފާރި

ރަސްމީ ރިޒާވް 59 ޕަސެންޓް އިތުރު ވެއްޖެ

ރާއްޖޭގެ ރަސްމީ ރިޒާވް 59 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރެފައިވާ "އިގްތިސާދީ އުސްއަލިތައް" ބުނާ ގޮތުން ރާއްޖޭގެ ރަސްމީ ރިޒާވްގައި މިހާރު 788.8 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ނުވަ ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ރިޒާވާބެހޭ ގޮތުން އެންމެ ފަހުން މައުލޫމާތު ހިއްސާ ކޮށްފައި ވަނީ ފެބްރުއަރީ މަހު އެވެ. އޭރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 625.9 މިލިއަން ޑޮލަރެވެ.

އެމްއެމްއޭ އިން ކުރިން ނެރެމުން އައީ "އިކޮނޮމިކް ރިވިއު" އެވެ. ނަމަވެސް ރިވިއު ނެރުން ހުއްޓާލުމަށްފަހު މިހާރު ވަނީ "އިގްތިސާދީ އުސްއަލި" ތަކުގެ ނަމުގައި ކުރު މައުލޫމާތު ތަކެއް ހިއްސާ ކުރަމުންނެވެ.

ރާއްޖޭގެ ރިޒާވް މަތިވެފައިވާއިރު، މި އަހަރަށް ސަރުކާރުން ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ ރާއްޖޭގެ ރިޒާވް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ބުނެފައެވެ.