ހަބަރު

މަހުފޫޒްގެ ސަސްޕެންޝަން ފުލުހުން އުވާލައިފި

ދޫނިދޫއަށް ވަޑައިގެން ތުހުމަތުތަކުގައި ހައްޔަރުކޮށްފައިވާ މީހުންނާ ބައްދަލުކުރުން ވަކީލް މަހުފޫޒް ސައީދަށް ފުލުހުން މަނާކުރި ކުރުން އުވާލައިފި އެވެ.

މަހުފޫޒަށް މިއަދު ފުލުހުން ފޮނުވި ސިޓީއެއްގައި ވަނީ މިއަދުން ފެށިގެން ސަސްޕެންޝަން އުވާލާފައިވާކަން އަންގާފަ އެވެ. އުވާލި ސަބަބެއް ނުބުނެ އެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި މަހުފޫޒް ސަސްޕެންޑްކުރީ އޭނާގެ އަމަލުތައް ހުރީ ފުލުހުންގެ ތަހުގީގު ކުރުމުގެ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އެވެ.

މީގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވެސް މަހުފޫޒު ސަސްޕެންޑްކޮށްފައިވެ އެވެ. އެ ސަސްޕެންޝަން އުވާލީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

މަހުފޫޒަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ގިނަ ފަރާތްތަކެއްގެ ވަކީލުކަން ކުރައްވާ ބޭފުޅެކެވެ. އެގޮތުން ފަނޑިޔާރު އަލީ ހަމީދާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ އިތުރުން އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުންގެ ވަކީލުކަން ވެސް މަހުފޫޒު ކުރައްވަ އެވެ.