ވިޔަފާރި

އެލައިޑުން ދަތުރުވެރިންނަށް ހާއްސަ ޓްރެވެލާސް ޕްރޮޓެކްޝަން ޕްލޭން

އެލައިޑް އިންޝުއަރެންސުން ދަތުރުވެރިންނަށް ހާއްސަ ޓްރެވެލާސް ޕްރޮޓެކްޝަން ޕްލޭނެއް ލޯންޗް ކޮށްފި އެވެ.

ނެޝަނަލް އާޓް ގެލެރީގައި މިހާރު ކުރިޔަށްދާ ވެކޭޝަންސް އެކްސްޕޯގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި ޓްރެވެލާސް ޕްރޮޓެކްޝަން ޕްލޭން އާއި އެޕްރޮޑަކްޓަށް ހާއްސަ ކުރެވިފައިވާ ވެބްސައިޓް ލޯންޗްކޮށްދެއްވާފައިވަނީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު އެވެ.

ދަތުރުފަތުރު ކުރުމުގެ ރައްކާތެރިކަމަށް ހާއްސަ؛ ޓްރެވެލާސް ޕްރޮޓެކްޝަން ޕްލޭނަކީ ދަތުުރުވެރިޔާއަށް ދަތުރުމަތީގައި ކުރިމަތިވާ ކަންކަމަށް ރައްކާތެރިކަން ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އެގޮތުން ބޮޑު ބަދަލަކާއި އެކު ރީ-ބްރޭންޑް ކުރެވިގެން ތައާރަފުކޮށްފައިވާ މިޕްލޭނަށް ހާއްސަ ވެބްސައިޓް www.travelers.mv މެދުވެރިކޮށް، ކަސްޓަމަރު ބޭނުން ތަނެއްގައި ހުންނަވައިގެން ރައްކާތެރިކަމާއި އެކު ޕްލޭން ނެގުމަށް ބޭނުންވާ ޓްރާންސެކްޝަން ފުރިހަމަކޮށްލެވޭނެ އެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނީގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފު ވިދާޅުވީ ޓްވެލާސް ޕްލޭން ރީ-ބްރޭންޑްކޮށްފައިވަނީ ކަސްޓަރުންގެ ބޭނުންތައް ހޯދުމަށް ސީދާ ކަސްޓަމަރުންގެ ފީޑްބެކް ހޯދާ އެކަންކަން ޓެކްނިކަލީ އެނަލައިޒް ކުރުމަށް ގިނަ ދިރާސާތަކެއް ހެދުމަށްފަހުގައި ކަމަށެވެ. އެގޮތުން ކުރީގެ ޕްލޭނާއި އަޅާ ބަލާއިރު މިފަހަރުގެ ޕްލޭނުގައި ކަވަރޭޖް ލިބޭ ހާލަތްތައް އިތުރުކޮށް ކޮންމެ ހާލަތަކަށް ހާއްސަ ޓޯޓަލް ލިމިޓް ވެސް އިތުރު ކުރެވިފައި ވާނެ ކަމަށެވެ. މީގެ އިތުރުން ނިއުޝާދު ފާހަގަކުރެއްވި ގޮތުގައި، ކުރިޔާ ހިލާފަށް މިފަހަރުގެ ޕެކޭޖުގައި ވިޔަފާރި ދަތުރުތަކަށް ނުވަތަ ޗުއްޓީއަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެބޭފުޅެއްގެ ދަތުރުގެ ބޭނުމާއި ގުޅުވައިގެން ހިމެނުމަށް އެދޭ އޮޕްޝަނަލް ކަވާސް ނެގުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ. މިސާލަކަށް ޗުއްޓީއަކަށް ޔޫރަޕަށް ވަޑައިގަންނަވާ ބޭފުޅަކު ވިންޓަރ ސްޕޯޓްސް ތަޖުރިބާ ކޮށްލައްވަން އެދޭނަމަ، އޮޕްޝަނަލް ކަވަރެއްގެ ގޮތުގައި ވިންޓަރ ސްޕޯޓްސް ހިމެނިދާނެއެވެ. އޭރުން އެކުޅިވަރަކާއި ގުޅިގެން ކުރިމަތިވާ ޖިސްމާނީ ގެއްލުމާއި މާލީ ގެއްލުން ވެސް ޕްރޮޓެކްޝަން ޕްލޭގެ ދަށުން ކަވަރުކުރާނެ ކަމުގައި ނިއުޝާދު ވިދާޅުވި އެވެ.