ހޮލީވުޑް

"ޖުރަސިކް ވޯލްޑް: ފޯލެން ކިންޑަމް"އަށް ބިލިއަނެއްގެ އާމްދަނީ

ފުރަތަމަ ފިލްމެކޭ އެއްގޮތަށް ދެ ވަނަ ފިލްމަށްވެސް ބޮޑު ކާމިޔާބީއެކެވެ. މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ފްރެންޗައިޒް ފިލްމު "ޖުރަސިކް ވޯލްޑް: ފޯލެން ކިންޑަމް" އަށް ބޮކްސް އޮފީހުގައި ބިލިއަނެއްގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މިއީ ބޮކްސް އޮފީހުގެ ބިލިއަން ޑޮލަރު ކުލަބަށް ވަތް "ޖުރެސިކް" ފްރެންޗައިޒްގެ ފަސް ވަނަ ފިލްމެވެ. އަދި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް މިހާތަނަށް ލިބުނު ހޮލީވުޑްގެ 35 ވަނަ ފިލްމެވެ. މި ފިލްމުގެ ކުރިން 2015 ވަނަ އަހަރު ގެނެސްދިން "ޖުރެސިކް ވޯލްޑް" ގެ ފުރަތަމަ ފިލްމަށްވެސް ވަނީ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި "ޖުރަސިކް ވޯލްޑް: ފޯލެން ކިންޑަމް" އަށް މިހާތަނަށް ލިބިފައި ވަނީ 304.8 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. އެންމެ ބޮޑު އާމްދަނީއެއް ބައިނަލްއަގުވާމީ ބޮކްސް އޮފީހުން ލިބުނުއިރު، މިހާތަނަށް 700.7 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޔުނިވާސަލް ޕިކްޗާސް، އެމްބްލިން އެންޓަޓެއިންމަންޓް، ދަ މާޝަލް ކޮމްޕެނީ އަދި ލެޖެންޑްރީ ޕިކްޗާސް ގުޅިގެން ގެނެސްދޭ މި ފިލްމު ރާއްޖޭގައިވެސް، ޝުވެކް ސިނަމާގައި އަންނަނީ ދައްކަމުންނެވެ.

ސައިންސް ފިކްޝަން އެންޑްވެންޗާ މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައި އޮންނަނީ ފުރަތަމަ ފިލްމުގައި ދެއްކި ޖުރެސިކް ތީމް ޕާކް ވީރާނާ ވާތީ އެ ޕާކުގައި ބާކީ ތިބި ޑައިނޯސާތައް ސަލާމަތްކުރުމަށް އިންސާނުން ކުރާ މަސައްކަތަށެވެ. އެ ޕާކު ވީރާނާ ވީ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުންނެވެ. އެ ޑައިނޯސާތައް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެމީހުނަށް އަލަށް ވިހާފައިވާ ޑައިނޯސާތަކެއްވެސް ދިމާވެ އެވެ.

"ޖުރަސިކް ވޯލްޑް: ފޯލެން ކިންޑަމް" ގެ ޓްރެއިލާ.

ކްރިސް ޕްރެޓް ލީޑުން ފެނިގެންދިިޔަ މި ފިލްމުގައި އޭނާއާއެކު މުހިންމު ރޯލުތަކުން ބްރައިސް ޓެލަސް ހޯވާޑް އާއި ބީ ޑީ ވޮންގް އަދި ޖެފް ގޯލްޑްބްލަމް ފެނިގެންދާނެ އެވެ. މި ފިލްމު ޑައިރެކްޓުކުރީ ޖޭއޭ ބަޔޯނާ އެވެ. ސްކްރީޕްލޭ ތައްޔާރުކުރީ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ކޯލިން ޓްރީވޯރޯ އަދި ޑެރެކް ކޮނޮލީ އެވެ.

ދެ ވަނަ ފިލްމުގައިވެސް ލީޑުން ފެނިގެންދާނީ ކްރިސް އެވެ. އޭނާއާއެކު މުހިންމު ރޯލުތަކުން ބްރައިސް ޓެލަސް ހޯވާޑް އާއި ބީ ޑީ ވޮންގް އަދި ޖެފް ގޯލްޑްބްލަމް ފެނިގެންދާނެ އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ޖޭއޭ ބަޔޯނާ އެވެ. ސްކްރީޕްލޭ ތައްޔާރުކުރީ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ކޯލިން ޓްރީވޯރޯ އަދި ޑެރެކް ކޮނޮލީ އެވެ.

މި ފިލްމު ސީރީޒްގެ ތިން ވަނަ ފިލްމު އަދި ފަހު ފިލްމު ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ 2021 ވަނަ އަހަރު އެވެ. އެ ފިލްމު ޑައިރެކްޓުކުރާނީ ކޯލިން އެވެ.