ހަބަރު

ޖޭޕީގެ ރަނިންމޭޓް ކަމަށް އަބްދުﷲ އަމީން ކުރިމަތިލައްވައިފި

ޖުމްހޫރީ ޕާޓީއިން އިދިކޮޅު ކޯލިޝަނަށް ނެރޭ ރަނިންމޭޓް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ކުރިމަތިލައްވައިފި އެވެ.

އަމީންއަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް އެންމެފަހުން ބޭއްވި ކޮންގްރެސްގައި އެންމެ ގިނަ ވޯޓާއެކު ހޮވިވަޑައިގެންނެވި ބޭފުޅާ އެވެ.

ރަނިންމޭޓް ކަމަށް ކުރިމަތިލާން ޖުމްހޫރީ ޕާޓީން ހުޅުވާލާފައިވާއިރު އެ މަގާމަށް ކުރިމަތިލެއްވިކަން އަދި އެ ޕާޓީން ހާމަކޮށްފައިވަނީ އަމީން އެކަންޏެވެ. ޖުމްހޫރީ ޕާޓީން ރަނިންމޭޓެއް ކަނޑައަޅާނީ މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުންނެވެ.