ހަބަރު

އަންހެނުންނަށް ހާއްސަ ގައުމީ ހޮސްޕިޓަލެއް ގާއިމު ކުރަނީ

އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ގައުމީ ހޮސްޕިޓަލެއް ގާއިމު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މިކަން ރައީސް ޔާމީން އިއުލާން ކުރެއްވީ މ. މުލަކަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ގިނަ ހިދުމަތްތަކާއެކު ވަރަށް އަވަހަށް 25 ބުރީގެ ދަރުވަމަންތަ ހޮސްޕިޓަލް ހުޅުވިގެންދާނެ ކަމަށެވެ. ހަމަ އެ ފެންވަރުގެ އިތުރު ހޮސްޕިޓަލެއް އެޅުމުގެ ވިސްނުންފުޅު ވެސް އެމަނިކުފާނު ގެންގުޅުއްވާ ކަމަށެވެ.

އަލަށް ގާއިމު ކުރާ ގައުމީ ފެންވަރުގެ ހޮސްޕިޓަލަކީ އަންހެންގެ ބަލިތަކާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލަކަށް ވެގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ފަރާތުން އަންހެނުންނަށްދޭ ހަދިޔާއެއް، ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ގައުމީ ހޮސްޕިޓަލެއް އަންހެނުންނަށް ހާއްސަކޮށްގެން ގާއިމުކޮށްދޭނަން، ދަރިމައިވުމާއި ގަރުބަ ގަތީސްސުރެ ނޫނީ އެއަށްވުރެ ކުރީންސުރެ ހުންނަ މައްސަލަތަކާއި ދެމަފިރިންނަށް ދަރިން ނުލިބިގެން ދިމާވާ މައްސަލަތަކާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން މި ސަރަހައްދުން ލިބޭ އެންމެ ރަނގަޅު ފެންވަރު ފަރުވާ ލިބޭނެ ގޮތް އަޅުގަނޑު ހައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ދިވެހިންގެ ބޮޑު މަންޒަރަކަށް ވާންވީ އެފަދަ ކަންކަން ކަމަށާއި ކޮންމެ ރަށަކަށް ގައިނީ ޑޮކްޓަރެއް ހޯދުން ނޫން ކަމަށެވެ. ގިނަ ހޮސްޕިޓަލްތަކުގައި މިހާރު ގައިނީ ޑޮކްޓަރުން ވެސް ތިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.