ހުޅުލެ އާއި މާލެ ގުޅުވައިލަން އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް ކިޔާނެ ރަސްމީ ދިވެހި ނަމަކީ "ސިނަމާލެ ބްރިޖް" ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބްރިޖަށް ކިޔާނެ ދިވެހި ނަމެއް ހޯދަން ދިވެހި ބަހުގެ އެކަޑެމީން އިއުލާން ކުރި އެވެ.
ބްރިޖަށް ކިޔާ ދިވެހި ނަން މިއަދު އާންމު ކުރިއިރު މި މަހުގެ ނުވަވަނަ ދުވަހު ބްރިޖްގެ ހުރިހާ މައި ތަނބެއް ގުޅާލައި މާލެ އާއި ހުޅުލެ ވަނީ ބްރިޖުން ގުޅިފަ އެވެ.
ބްރިޖްގެ ވަނަވަރު
- ބްރިޖްގެ ވައްތަރު: ބޯޗް އާޗް
- ބޯކްގެ އަދަދު 6
- ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
- ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގު މިން 2100 މީޓަރު
- ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިނަކީ 75 ފޫޓް
- ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ
- ބްރިޖްގެ އަގަކީ 200 މިލިއަން ޑޮލަރު
- ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
- ސައިކަލަށް ދެ ލޭން
- ބްރިޖުގެ ޖުމްލަ ދިގުމިނާކީ ދެ ކިލޯމީޓަރު
- ފުޅާމިނުގައި 20.3 މީޓަރު
- މަސައްކަތް ނިންމާނީ 30 މަސް ދުވަހުން
ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.