ވިޔަފާރި

މި އަހަރުގެ މިހާތަނަށް ރާއްޖެ ޓޫރިސްޓުންގެ އަދަދު 10.5 ޕަސެންޓް އިތުރުވެއްޖެ

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 10.5 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ލިބިފައިވާ މައުލޫމާތާއި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން ދީފައިވާ މައުލޫމާތުގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތު ތަކުގައިވާ ގޮތުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް 93،786 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާ ގޮތުން، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 726،515 މީހުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ޔޫރަޕުން އައި ޓޫރިސްޓުންގެ ހިއްސާ އުޅެނީ 51.3 ޕަސެންޓްގަ އެވެ. މިގޮތުން ޖޫންމަހުގެ ނިޔަލަށް މި ސަރަހައްދުން ޒިޔާރަތްކުރި ޖުމްލަ ޓޫރިސްޓުންގެ އަދަދު 372،388 އަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ޓޫރިސްޓުންނާ އަޅާބަލާއިރު 16.3 ޕަސެންޓް އިތުރުވުމެކެވެ.

ޔޫރަޕުން އައި ޓޫރިސްޓުންގެ ހިއްސާ އުޅެނީ 51.3 ޕަސެންޓުގަ އެވެ. މިގޮތުން ޖޫންމަހުގެ ނިޔަލަށް މި ސަރަހައްދުން ޒިޔާރަތްކުރި ޖުމްލަ ޓޫރިސްޓުންގެ އަދަދު 372،388 އަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ޓޫރިސްޓުންނާ އަޅާބަލާއިރު 16.3 ޕަސެންޓް އިތުރުވުމެކެވެ.

ޓޫރިސްޓުގެ އެރައިވަލް ކުރުކޮށް

  • މި މިދިޔަ މަހު 93،786 މީހުން އައި
  • މިހާތަނަށް 726،515 އައިސްފައިވޭ
  • އެންމެ ބޮޑު ހިއްސާއެއް ޔޫރަޕުން
  • ޓޫރިސްޓުން ހޭދަކުރި ރޭ 13.5 ޕަސެންޓް އިތުރު
  • އެނދުގެ އަދަދު 42،000 އަށްވުރެ އިތުރު

ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 37.6 ޕަސެންޓުގެ ގެ ހިއްސާއަކާއިއެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުންނެވެ. އެގޮތުން މިދިޔަ ނިޔަލަށް މި ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ 290،542 އަރާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 3.3 ޕަސެންޓުގެ ގެ ކުރިއެރުމެކެވެ. މީގެ އިތުރުން މިދިޔަ މަހުގެ އެމެރިކާ ސަރަހައްދުން އައި ޓޫރިސްޓުންގެ ހިއްސާއަކީ 4.7 ޕަސެންޓެވެ. އެ ސަރަހައްދުން 34،234 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މެދުއިރުމަތީގެ ޤައުމުތަކުން 3.2 ޕަސެންޓް ހިއްސާއާއިއެކު ޖުމްލަ 23،130 ފަތުރުވެރިންނާއި އެފްރިކާ ސަރަހައްދުން 0.8 ޕަސެންޓުގެ ހިއްސާއާއިއެކު ޖުމްލަ 6،127 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުން ބޭތިއްބުމަށް ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނުގެ އަދަދު ވަނީ 42،806 އެނދަށް އިތުރުވެފަ އެވެ. ތެރެއިން އެވްރެޖްކޮށް 41،209 އެނދު އޮޕަރޭޓް ކުރެވިފައިވާއިރު، މި މުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ 13.5 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް، ރާއްޖޭގެ ރިޒޯޓް، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީ އުޅަނދުތަކުގެ އަންދާޒާކުރެވޭ ޖުމްލަ ބެޑްނައިޓްސް އަކީ 4،707،194 އެވެ. އަދި މި މުއްދަތުގައި ރާއްޖޭގައި ޓޫރިސްޓު އެނދު ބޭނުންކޮށްފައިވާ ނިސްބަތް 63.4 ޕަސެންޓް އަށް އަރާފައިވާއިރު، މިއީ 2017 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 2.3 ޕަސެންޓް ގެ ކުރިއެރުމެކެވެ. އަދި މިމުއްދަތުގައި އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި 6.5 ދުވަސް ހޭދަކޮށްފައިވެ އެވެ.